ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފިއެވެ.

ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކްލައިމެޓް ޗޭންޖް އެންޓް ޓެކްނޮލަޖީ މިނިސްޓަރު އައިޝަތު ޝައުނާ ބައިވެރިވެވަޑައިގަތެވެ.

ފުލުހުން މިވަގުތު އޮޕަރޭޓް ކުރާނީ 200 ކެމެރާ އެވެ. ކެމެރާ ބޭނުންކުރަން ފަށައިފައިވަނީ މާލެ ސަރަހައްދާއި އައްޑޫ ސިޓީގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ބޮޑީވޯން ކެމެރާއަކީ ފުލުހުން ޖަވާބުދާރީ ކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗަކަށް ވާނެކަމަށެވެ. އަދި މިއީ ހަމައެކަނި ފުލުހުން ޖަވާބު ދާރީ ކުރުމަށް ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ފުލުހުން ރައްކާތެރި ކުރުމުގައި އަދި ދޮގު ތުހުމަތުތަކުން ސަލާމަތްވުމަށްވެސް މި ބޮޑީވޯން ކެމެރާ މުހިންމު ދައުރެއް އަދާކުރާނެކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ އިތުރު 1200 ކެމެރާ ހޯދުމަށް ސަރުކާރާ މަޝްވަރާކޮށްގެން އެތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މުސްތަގުބަލުގައި ފުލުހުންގެ ހުރިހާ ސަރަހައްދެއްގައި ކެމެރާ ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: