ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޫނު މޫސުމާ ދިމާކޮށް ސްޓެލްކޯ އިން “ސޭވް އެނާޖީ” ކެމްޕޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހޫނު މޫސުމާ ދިމާކޮށް ކަރަންޓު އިގްތިސާދު ކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭ “ސޭވް އެނާޖީ” ކެމްޕޭން މިއަހަރު ވެސް ކުރިޔަށް ގެންދާ ގޮތަށް ސްޓެލްކޯ އިން ނިންމައިފި އެވެ.

މިއީ “ސޭވް އެނަޖީ” ކެމްޕެއިން އެ ކުންފުނިން ކުރިއަށްގެންދާ ހަތަރު ވަނަ އަހަރެވެ.

ސްޓެލްކޯގެ އެނާޖީ ސޭވިން ކެމްޕޭނުގެ މަގްސަދަކީ ރައްޔިތުން ކަރަންޓު ބޭނުން ކުރުމަށް އަހުލުވެރިކުރުމަށާއި ކަރަންޓް އިގްތިސޯދު ކުރުމަށް އަހުލުވެރިކުރުމަށް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

އެނާޖީ ސޭވިން ކެމްޕެއިން ފެށުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އަހަރު ފެށޭކޮޅުގައ ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އަބަދުވެސް ރައްޔިތުންކުރާ ކަމަށެވެ.

ކަރަންޓު ބިލު ބޮޑުވާ ސަބަބުތައް ރައްޔިތުންނަށް އޮޅުން ފިލުވައިދިމުނަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކުރެވުނު މަސައްކަތުން މިހާރު އެ ޝަކުވާތައް މަދު ކުރެވިއްޖެ ކަމަށެވެ. އަދި ކަރަންޓު ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލްވުމާއި އަދި އިގްތިސާދުކުރުމުގެ ސަބަބުން ބައެއް ގޭގޭގެ ބިލް 15 ޕަސެންޓް ވެސް ކުޑަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ކަރަންޓު އިގްތިސާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށްގެން ގޮސް، ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުޣްނީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: