ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒެއިނާ ވާދަ ކުރަނީ!

މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަ ކުރެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ނިންމަވައިފިއެވެ.

މަގާމަށް ކުރިމަތިލުމަށް ނިންމާފައިވާކަން ހާމަކޮށް، ރޮޒެއިނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޕާޓީގައި ހިމެނޭ އަންހެނުންގެ ސިޔާސަތު ވަރުގަދަކޮށް ސިޔާސީ ދާއިރާއަށް އަންހެނުން ނެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ރޮޒެއިނާ އަކީ ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިހާބާއި، އަދި ރިޔާސީ އިންތިހާބުގެ ދުވަސް ވަރު ވެސް އެމްޑީޕީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވި އެއް ފަރާތެވެ. އަދި ސިޔާސީ ގޮތުން ހިންގާ އެކި ކަންކަމަށް ފާޅުގައި ބަސް ބުނާ މެމްބަރެއްގެ ގޮތުގައި ފާހަގަ ކުރެވެ އެވެ.

އެމްޑީޕީގެ މަގާމަކަށް ރޮޒެއިނާ ވާދަ ކުރުމަށް ނިންމިއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސެއް ހޮވުމަށް އޮތް ޕްރައިމެރީގައި ވެސް ރޮޒެއިނާ ވާދަ ކުރި އެވެ. އެންމެ ގިނަ ވޯޓާއި އެކު އެ މަގާމަށް ވަޑައިގެންނެވީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: