ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލިދޫ ބޭރު ތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފަހު ޝިޕްމެންޓް ގެންގޮސްފި

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ފުލިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީ އިން މައުލޫމާތު ދިން ގޮތުގައި ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓްވެސް މިހާރު ވަނީ ފުލިދޫގައި ހުންނަ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށް އެކުންފުނިން މައުލޫމާތު އާންމު ކޮށްފައިވެއެވެ.

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 270 މީޓަރުގެ ބޭރުތޮށި ލުމާއި، 12000  ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަހައްދަށް އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

މިމަޝްރޫއުގެ ޖުމްލަ އަގަކީ 16.94 މިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: