ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތެރޭގެ އިންތިހަބާއި ވައްޑެ ގުޅުވީ، ހަމަލާ މައްސަލައިގެ ގައުމީ މަޖިލީހުގެ ކޯރަމް ގެއްލުވާލާ މައްސަލައާއި!

އުނގޫފާރު ދާއިރަގެ މެމްބަރު މުހައްމަދު ވަހީދު/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ވާހަކަ އެންމެ ގިނައިން ދައްކަވާ އެއްބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެނީ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

ޕާޓީ އިސްލާހު ކުރަންޖެހޭ ކަމަށް ފެންނަ ކަމަށާއި ޕާޓީގެ އާންމު މެމްބަރުންގެ އަޑު ޕާޓީގެ ލީޑަރޝިޕުން އަޑުއަހާ އެއަށް އިޖާބަދޭންޖެހޭނެ ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ވައްޑެ އަންނަނީ ގޮވާލަމުންނެވެ. އެގޮތުން ޕާޓީގެ މުނާސަބު ވަގުތުތަކުގައި ދައްކަވާ ވާހަކަތަކުން އެމްޑީޕީގެ ތެރޭގައިވާ ދެބަސްވުން ސާފުވެގެންދާމިންވަރު ހާމަކޮށްދެއެވެ.

ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިހާބާއި ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓްގައި ވެސް ފާހަގަ ކުރައްވާފައިވަނީ ޕާޓީގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ވާހަކައެވެ.

ވައްޑެގެ ޓްވީޓްގައިވާ ގޮތުން ޕާޓީ ތެރޭގައި ނުތަނަވަސްކަން ނެތްނަމަ، އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެވުނީސް ކަމަށާއި މެމްބަރުންގެ އަޑު ޕާޓީއިން އަހަންޖެހޭނެ ކަމުގައި ވައްޑެ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ނުތަނަވަސްކަން ފިލުވާލައި އާހިތްވަރަކާއިއެކު ހިންދެމިލާ ޕާޓީ ނަގަހައްޓަން ޖެހޭ ކަމުގައިވެސް ވައްޑެ އިތުރަށް ބަޔާންކޮށްފައިވެއެވެ.

މިފަހަރު ވައްޑެ ކުރެއްވި ޓްވީޓް އަމާޒުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާފަދަ ގޮތަކަށް ދެވުނު ބޮމުގެ ހަމަލާއާއި ގުޅިގެން ޕާޓީތެރޭގައި އުފެދުނު އޮއިވަރަކާ ގުޅޭ ގޮތުންނެވެ.

ވައްޑެގެ ޓްވީޓްގައި ވާގޮތުން އައިއީޑީ ގޮއްވާލައިގެން ރައިސް ނަޝީދުގެ ފުރާނަ ދުއްވާލާވަރު ކޮށްލީމާ އެކަމާ ކަންބޮޑުވެގެން އެޕްޑީޕީން ބޭއްވި ގައުމީ މަޖިލިސް ޖަލްސާތަކުގެ ކޯރަމް ހަމަވިޔަނުދީ ޖަލްސާތައް ފެއިލްކޮށްލުމަށް ވަރަށް ގިނަ ބަޔަކު ހިންގާލާފައި އުޅުނު ކަމަށާއި އެ ފަދަ ހިންގާލުންގަނޑެެއް އެމްޑީޕީ މެމްބަރުން ބޭނުން ނުވާ ކަމުގައި ވައްޑެ ވިދާޅުވިއެވެ.

ރައިސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި އެމްޑީޕީން، “މޭއި ހައެއް ކޮމިޓީ” ގެ ނަމުގައި ކޮމިޓީއެއް ނަގައި ކޮންމެ ހަފްތާއަކު ބައްދަލުވުންތައް ކުރިޔަށް ގެންދިޔަ އެވެ. ނަމަވެސް އެ ބައްދަލުވުންތަކުގެ ކޯރަމް ހަމަނުވެގެން، ބައްދަލުވުން ނުފެށި ލަސްވުމާއި އަދި މުހިންމު މަޝްވަރާތަކަށް ފަހު ހަމަލާގެ ބަޔާއި ހަމައިން ބައެއް މީހުން އޮންލައިންކޮށް ކުރިޔަށް ގެންދާ އެ ޖަލްސާ ދޫކޮށް ދެއެވެ. އެކަން ބައެއް މީޑިއާތަކުން ވެސް އޭރު ފާހަގަ ކުރި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ނިރުބަވެރި ހަމަލާއެއް ދީފައިވަނީ ނިމިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައެވެ. އަދި އެމަނިކުފާނުގެ އެ ހަމަލާއަށް ފަރުވާހޯއްދެވުމަށް ޖަރުމަނުވިލާތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއިރު އެ މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމެ އެވެ.

ވައްޑެގެ އިތުރުންވެސް އެމްޑީޕީ ވެރިކަމަށް އައީ ފަނޑިޔާރުގެ މިނިވަން ކުރުމަށް ކަމަށާއި އަދުލުއިންސާފު ގާއިމުކޮށް ޖުޑީޝަރީ އިސްލާހު ކުރުމަކީ އެމްޑީޕީން ކުރާނެ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބައެއް އެހެން މެމްބަރުންވެސް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އިން ރައްޔިތުންގެ ކުރިމަތީގައި އެންމެ ބޮޑަށް ދެކެވުނު އެއްވާހަކައަކީ ވަގަށްނަގާލައިފައިވާ އަދި ގެއްލުވާލާފައިވާ މީހުންނާއި އަނިޔާވެރިކަމާއެކު މަރާލެވިފައިވާ މަރުތަކަށް އިންސާފު ހޯދައިދިނުމުގެ ވާހަކަ ކަންވެސް ފާހަގަ ކޮށްލެވެއެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މަރުތައް ތަހުގީގު ކުރުމަށް މަރު ކޮމިޝަނެއް އެކުލަވާލައި އެމަސައްކަތް  ހަލުވި ސްޕީޑްގައި ކުރެވުނުކަންވެސް  ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ ތެރޭގައި ހިންގާލުންގަނޑެއް ހިންގާލުން ވައްޑެ ސިފަކުރައްވާފައިވަނީ ޗެއަރޕާސަން ކަމުގެ އިންތިހާބުގެ ވާދަވެރިކަމުގަައި ޕާޓީ ތެރޭގައި ހިނގަމުންދާ ކޯޅުންތަކާއި ގުޅޭގޮތުން ކަމުގައި ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ފަހަރުގައިވެދާނެއެވެ. އެގޮތުން ޗެއަރޕާސަންގެ އިންތިހާބުގައި ވައްޑެ ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އެކުކަން ހާމަވެގެންދާއިރު ދެވަނަ ބޭފުޅަކަށް އިންތިހާބުގައި ވާދަކުރައްވަނީ މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: