ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަގްބޫލުކަން ދަމަހައްޓަން ކެމްޕެއިނެއް

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމަށް އެމްޕީއާރުސީއިން މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ހިންގުމަށް ހަމަޖެހިފައިވަނީ މިކޯޕަރޭޝަންއިން ރާއްޖޭގެ މަޤުބޫލުކަން ކުރިއެރުވުމައް ހަދާފައިވާ ސްޓްރެޓަޖީގެ ދަށުންނެވެ.

އިންޑިއާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް 16 ފެބުރުއަރީގައި ވަނީ ވިޒިޓް މޯލްޑްވްސް ގެ ނަމުގައި އޮންލައިން ޓްރެއިނިން ޕްރޮގްރާމެއް ފަށައިފައެވެ. މި ޕްރޮގްރާމް 16 މެއި ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އޭޝިއާގެ ބައްރުގައިވާ އެންމެ ބޮޑަށް ފަތުރުވެރިކަން ފުޅާ ކުރުމަށާއި އެއް ގައުމު އެނެއް ގައުމު ގުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނި ކަމުގައިވާ ޓޫހަބާއި ގުޅިގެންވެސް މަސައްކަތް ތަކެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު ޓޫހަބްގެ ވެބްސައިޓްއިން އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކައް ލިބެން ހުންނާނޭ ގޮތް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މި ގޮތުން ހިއްސާ ކުރެވިގެން ދާނޭ މައުލޫމާތުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ހަބަރާއި، ރިސޯޓް، ހޮޓްލް ގެސްޓްހައުސް އަދި މީގެ އިތުރުން މި ތަންތަނުގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނެއެވެ. އަދި ޓްރެވެލް ގައިޑް ލައިންތައްވެސް ހިއްސާ ކުރެވިގެންދާނެ ކަމުގައިވެސް އެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.

ޓޫހަބްގެ 500 އެއްހާ ޓްރެވެލް ޕާޓްނަރުން ބައިވެރިވެގެން ކުރިއަށް ގެންްދިއުމަށް ހަމަޖެހިފައިވާ މިހަރަކާތުގެ ސަބަބުން އިންޑިއާގެ މާކެޓުގެ ފަތުރުވެރިކަމަށް ޝައެގުވެރިވާ 120،000 ފަރާތަކަށް ރާއްޖެ އިޝްތިހާރު ވެގެންދާނެ ކަމަށް ބެލެވޭ ކަމުގައި އެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އެއް ގައުމަކަށް އިންޑިއާވަނީ ވެގެން ގޮސްފައެވެ. ނަމަވެސް އިތުރު ފެއާތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވެ އިތުރަން އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެމްއެމްޕީއާރުސީ އިން އިސް ނަގައިގެން ރޯޑްޝޯތަކާއި ފެމިލަރައިޒޭޝަން ޓްރިޕްތައް ބޭއްވުމައްވެސް ވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓް ތަކުގެ ސަބަބުން އިންޑިއާގެ މާކެޓުން ރާއްޖެ އައުމައް ފަތުރުވެރިން ބުކިން ހައްދާ މިންވަރާއި ޒިޔާރާތް ކުރާ މިންވަރުވެސް އިތުވެގެންދާނެ ކަމަށްް އެމްޕީއާރުސީއިން ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: