ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލާރސް ކޮންފަރެންސް 2023 ބާއްވަނީ

އެމްއެމްޕީއާރުސީގެ އެމްޑީ ތައްޔިބު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ބާއްވާ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާރސް ކޮންފަރެންސްގެ މައުލޫމާތު ހިއްސާކޮށްފިއެވެ.

އެމްއެމްޕީއާރުސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބޭއްވި މީޑިއާ މީޓް އަކީ ސްޓޯރީ ޓެލާރސް އާއި ބެހޭ ގޮތުން ސުވާލު ކުރުމަށް ރާއްޖޭގެ ނޫސްވެރިންނަށް ފުރުސަތު ދިނުމާއި ސްޓޯރީ ޓެލަރ ކޮންފަރެންސާއި ބެހޭ ތަފްސީލީ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރެންސް 2023 ގެ ބައިވެރިން ހޮވާފައިވަނީ 25 ފެބްރުއަރީ އާއި 27 މާޗް އާއި ދެމެދު ބޭއްވި ސޯޝަލް މީޑިއާ މުބާރާތެއްގެ ތެރެއިންނެވެ.

މުޅި ދުނިޔެއަށް ހުޅުވާލި މި މުބާރާތުގައި ބައިވެރިވުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކޮންޓެންޓް ކުރިއޭޓަރުންނާއި ބްލޮގަރުންނާއި އިންފުލުއެންޝަރުންނާއި ނޫސްވެރިންނާއި ޓްރެވަލް ރައިޓަރުންނާއި މީޑިއާ އަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ގޮވާލާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް “ވަޓް އިޒް ޔޯ ޑްރީމް ވެކޭޝަން އިން ދަ މޯލްޑިވްސް ؟ މި ސުވާލަށް ޖަވާބު ދީ، ބައިވެރިވާ ފަރާތްތަކުގެ ކޮންޓެންޓް އުފެއްދުމުގެ ހުނަރު ދައްކުވައިދޭ ފަދަ ޕޯސްޓެއް އިންސްޓަރގްރާމް އަދި ފޭސްބުންގައި ޝާއިއު ކޮށް ކޮންފަރެންސްގެ ވެބްސައިޓަށް ހުށަހަޅަން ޖެހުނެވެ.

މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ކޮންފަރެންސްގައި ބައިވެރިވުމަށް ދައުވަތުލިބުނު 50 މީހުން ހޮވާފައިވަނީ ޓުއަރިޒަމް އިންޑަސްޓްރީގެ މާކެޓިންގ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންގެ މައްޗަށް އެކުލަވާލެވިފައިވާ ޖަޖިން ޕެނަލަކުންނެވެ. މިގޮތުން ހޮވުނު 50 މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 20 އަށް ވުރެ ގިނަ ގައުމު ތަމްސީލް ކުރެއެވެ. މީގެ ތެރޭގައި 3 ދިވެހިން ވެސް ހިމެނެއެވެ.

ކޮންފަރެންސްގައި ބައިވެރިވުމުގެ ދައުވަތު ލިބުނު ފަރާތްތަކަށް ރާއްޖޭގެ ތަފާތު 8 ސަރަހައްދެއްގައި ތަފާތު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އެގޮތުން ތަފާތު ސަރަހައްދުތަކުގައި އެ ފަރާތްތަކުން 3 ދުވަސް ހޭދަކުރާނެއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރެންސް 2023 އަކީ އެމްއެމްޕީއާރުސީގެ ރީޑިފައިނިންގ މައިސް ކޮންސެޕްޓްގެ ދަށުން ބައްޓަން ކޮށްފައިވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި މެއި 30 އިން 02 ޖޫންގެ ނިޔަލަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމާއި ފަތުރުވެރިކަމުގެ ޓްރެންޑިން މައުޟޫއުތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ މަޝްހޫރު ލިޔުންތެރިންނާއެކު ކޮންފަރެންސްގެ ބައިވެރިން ގިނަ މަޝްވަރާތަކެއް މި ކޮންފަރެންސްގައި ކުރިއަށް ގެންދާނެއެވެ. އަދި ބްރޭކްއައުޓް ސެޝަންތަކުގައި ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި ރާއްޖޭގެ ކެއިންބުއިމާއި ރާއްޖެއާ ގުޅޭ އެހެނިހެން ކަންކަމާ ބެހޭ މައުލޫމާތު ކޮންފަރެންސްގެ ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން މި ކޮންފަރެންސްގައި ޕޮޕް އަޕް ސްޓޯލް ތަކެއްގައި ރާއްޖޭގެ އަމިއްލަ އުފެއްދުންތަކާއި ހުނަރުވެރި ދިވެހި އާޓިޒަނުންގެ ހުނަރު ދައްކާލާނެއެވެ. ކޮންފަރެންސް ނިންމާލުމުގެ ގޮތުން ކްރޮސްރޯޑްސް މޯލްޑިވްސްގެ ބީޗް ކްލަބްގައި ލިއުންތެރިންނާއި، ސްޕީކަރުންނާއި ވީއައިޕީ ގެސްޓުންނަށް ލައިވް މިއުޒިކާއެކު ގާލާ ޑިނަރ އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސް ނިމުމުން ސޯޝަލް މީޑިއާ މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް ރާއްޖޭގެ ރީތިކަމާއި ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކޮށްލުމަށް ތަފާތު ފުރުސަތުތައް ލިބިގެންދާނެއެވެ.

މަންޓާ އާއި ވޭލް ޝާކް އާއިއެކު ސްނޯކަލް ކުރުމުން ފެށިގެން ވޯޓާ ސްޕޯޓްސް، ކަލިނަރީ ޓުއާސް، އައިލެންޑް ހޮޕިން އަދި ސޭންޑް ބޭންކް ޕިކްނިކް ފަދަ ތަޖުރިބާތައް ބައިވެރިންނަށް ލިބިގެންދާނެއެވެ. ސައިޑްލައިން ތަޖުރިބާތައް ކުރިއަށް ގެންދާނީ ރާއްޖޭގެ ތަފާތު 8 ސަރަހައްދެއްގައެވެ. މީގެ ތެރެއިން ކޮންމެ ސަރަހައްދެއްގައިވެސް ވަކި ސިފަތަކާއި ތަފާތު ހަރަކާތްތަކާއި ތަޖުރިބާތައް ހިމެނޭނެއެވެ. މި 8 ސަރަހައްދަކީ ރ. އަތޮޅު، ގދ އަތޮޅު، ދ އަތޮޅު، ލ އަތޮޅު، އަރި އަތޮޅު، ވ އަތޮޅު، މާލެ އަތޮޅު އަދި ފުވައްމުލަކާއި އައްޑު އަތޮޅެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވިގޮތުގައި ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ހީވާގި މަސައްކަތާއި އެއަށްވުރެ ގިނަ ދުވަހުގެ ޕްލޭނިންގ ޕްރޮސެސް އެއްގެ ފޮނި ނަތީޖާއެވެ.

މި ކޮންފަރެންސަކީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ އިތުރުން، ސަނީ ސައިޑް އޮފް ލައިފްގެ ފަތުރުވެރިކަމުގެ ތަފާތު ސެގްމެންޓްތަކާއި، އުފެއްދުންތަކާއި، ތަފާތު ތަޖުރިބާ ޕްރޮމޯޓް ކުރުމުގެ މަގްސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ސައިޑްލައިން ތަޖުރިބާތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުގެ ތަފާތުކަން ފެނި، އެ ސަރަހައްދުތައް ކުރިއެރުވުމުގެ ގިނަ ފުރުސަތުތައް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތިގެ ވިޔަފާރިތަކަށްވެސް މީގެ ސަބަބުން އެކި ފުރުސަތުތައް ތަނަވަސްވެގެން ދާނެއެވެ. މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ހޮދައިދޭނެ ހަރަކާތަކަށް ވެގެންދާނެއެވެ. އަދި ސަނީ ސައިޑް އޮފް ލައިފްގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ދައްކާލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: