ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން” އެވޯޑަށް ރާއްޖެ ނޮމިނޭޓުވެއްޖެ

ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން އެވޯޑަށް ރާއްޖެ ނޮމިނޭޓުވެއްޖެ: ފޮޓޯ/ އެމްއެމްޕީއާރްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިޔުޓީއޭ) ގެ އެންމެ ޝަރަފަވެރި އެވޯޑު، “ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން” އެވޯޑަށް، ދިވެހިރާއްޖެ ނޮމިނޭޓުވެއްޖެއެވެ.

ދުނިޔޭގެ އެންމެ މުހިންމު ފަތުރުވެރިކަމުގެ އެވޯޑު ހަފްލާ ޑަބްލިޔުޓީއޭގެ “ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން” އެވޯޑު ރާއްޖެއަށް ވޭތުވެދިޔަ ދެ އަހަރުވެސް ކާމިޔާބު ކުރެވިފައިވާއިރު، މި އަހަރަކީ މި އެވޯޑަށް ރާއްޖެ ނޮމިނޭޓުވާ ތިން ވަނަ އަހަރެވެ.

“ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން” ކެޓަގަރީގެ އިތުރުންވެސް ރާއްޖެ ނޮމިނޭޓުވެފައިވެއެވެ. އެގޮތުން “ވޯލްޑްސް ލީޑިންގް އައިލެންޑް ޑެސްޓިނޭޝަން” އަދި “ވޯލްޑްސް މޮސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން” އެވޯޑަށްވެސް ރާއްޖެ ނޮމިނޭޓުވެފައިވާއިރު އެމްއެމްޕީއާރްސީ ވަނީ ވޯލްޑްސް ލީޑިންގް ޓުއަރިސްޓު ބޯޑުގެ މަގާމަށް ނޮމިނޭޓުވެފައެވެ.

ދިވެހިރާއްޖެއަށް މި އެވޯޑުތައް ކާމިޔާބު ކޮށްދެއްވުމަށް ވޯޓްލެއްވުމަށް ބޭނުންކުރައްވާނެ ލިންކުތައް”

ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން: https://bit.ly/3SZgEP2

ވޯލްޑްސް ލީޑިންގް އައިލެންޑް ޑެސްޓިނޭޝަން: https://bit.ly/3EsbaIU

ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން: https://bit.ly/3SO1P2g

ވޯލްޑްސް ލީޑިންގް ޓޫރިސްޓް ބޯޑު: https://bit.ly/3Enf9X5

ވޯޓުލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރްސީއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން، މި އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭ އަހަރު ކަމަށްވުމުންނާއިއެކު، ކުރަމުންދާ އުންމީދަކީ މި އަހަރުވެސް މި އެވޯޑު ދިވެހިރާއްޖެއަށް ހާސިލު ކުރެވި، މިލްކު ކުރެވުމެވެ.

ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑަކީ އަހަރީ ގޮތުން ބާއްވާ ޑަބްލިޔުޓީއޭ އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑެވެ. އަދި މި އެވޯޑްތަކަކީ ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގައި ވެސް އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތައް ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑް ތަކެކެވެ. އެހެންކަމުން ރާއްޖެއަށް މި އަހަރު އަނެއްކާވެސް ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ ލަގަބު ލިބުމަކީ ފަހުރެއްކަމަށް އެމްއެމްޕީއާރްސީއިންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: