ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތް: ޗަމްޕާ ބްރަދާސް އާއި ހިޔާނާތާއި ގުޅުމެއް ނެތް ކަމަށް އޭސީސީން ކަނޑައަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މުޅިން އައު ކަންތައްތަކެއް ފެންމަތިވެއްޖެއެވެ.

150 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ ލިސްޓެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން އާއްމު ކުރީ 2013 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އޭސީސީ އިން އާއްމު ކުރި ލިސްޓްގައި އޭރާއި މިހާރުގެ ބައެއް މަޖިލިސް މެމްބަރުންނާއި، ވަޒީރުންނާއި ކުރީގެ ރައީސުންނާއި ނައިބު ރައީސުންނާއި ވިޔަފާރިވެރިން ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމަށް މިސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަންގެ ފަރާތުން އެ މައްސަލަ ބެލުމަށް ފަހު މައްސަލައިގައި ހޯދުނު ހޯދުންތައް އެންޓި ކޮރަޕްޝަން ކޮމިޝަންއާއި ހިއްސާކުރިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލައްވައި ހިޔާނާތުގެ މައްސަލަ ބެލުމަށް ހުސްވި އަހަރުގެ ތެރޭގައި އޭސީސީ އާއި ހަވާލުކޮށްފައެވެ.

އޭސީސީއަށް ފަހުން އަލުން އައްޔަން ކުރެވުނު ފަސް މެމްބަރުންގެ ޓީމުން ހިޔާނާތުގެ މައްސަލަ ބެލުމަށް ނިންމިއެވެ. މިފަހަރު މި މައްސަލައިގައި ޝާމިލްވާ އެންމެހައި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރާނެ ކަމަށް އޭސީސީގެ ރައީސް ޝާމިލް އާދަމް، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދިޔައީ ވިދާޅުވަމުންނެވެ. އެގޮތުން ހިޔާނާތުގެ ފައިސާ އާއި ހިމެނޭ މުދާ ހުރިތަންތަން ބެލުމުގެ އިތުރުން އެމައްސަލަ އިތުރަށް ދިރާސާ ކުރުމަށް ބޭނުންވާ ޕްލޭންއެއް އެކުލަވާލެވިފައިވާ ކަމަށް ހުސްވި އަހަރުގެ ތެރޭގައި ޝާމިލް ވިދާޅުވިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް އެކިފަރާތްތައް ހާޒިރު ކުރެވި ސުވާލުކުރެވިގެން ދިޔައެވެ. އޭގެ ތެރޭގައި ބައެއް ވިޔަފާރި ކުންފުނިތަކާއި އާއްމު ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތައް ހިމެނެއެވެ. އެގޮތުން ޗަމްޕާ ބްރަދާސް އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާއި މެދު ގުޅުމެއް އޮތް ކަމަށް 2014 ވަނަ އަހަރުގެ ތެރޭގައި އަޑުތަކެއް ފެތުރިގެންދިޔައީ އޭގެ ކުރިން އަހަރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރު ޕީޕީއެމް އިން ވާދަކުރި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެމްޕޭނަށް ފައިސާ ހަރަދުކޮށް ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކުންފުނިން ފައިސާ ދިން ކަމަށް ބުނެއެވެ. ނަމަވެސް އޭސީސީ އިން ހިންގި މިނިވަން ތަހުގީގަށް ފަހު އިއްޔެ އަޑު އިވިގެންދިޔައީ ޗަމްޕާ ބްރަދާސް އާއި ހިޔާނާތުގެ މައްސަލައާއި ގުޅުމެއް ނެތްކަމަށެވެ.

ޗަމްޕާ ބްރަދާސް އާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުމެއް ނުވާކަމަށް އޭސީސީ އިން ނިންމުމުން، އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ހިޔާނާތުގެ މައްސަލައާއި ގުޅިގެން އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުގެ މެސެޖްތަކެއްގެ ސްކްރީންޝޮޓް ހިމެނޭ ކަރުދާސްތަކެއް މަޖިލީހުގެ ކޮމިޓީތަކުގެ ތެރޭގައި ހިމެނިގެން ގޮސްފައިވާ ކަމަށެވެ.

ހިޔާނާތުގެ މައްސަލަ ބެލުމަށް މިހާތަނަށް 100 އަށް ވުރެ ގިނަ މީހުންނާއި ސުވާލުކުރެވިފައިވާއިރު އެމައްސަލަ އަދި މިހާތަނަށް ސާބިތުވެފައިވަނީ އަބްދުﷲ ޔާމީން އާއި ޔޫސުފް ނައީމްގެ މައްޗަށެވެ.

ވ އާރަށުގެ ހިޔާނާތާއި، ރ ފުއްގިރީގެ ހިޔާނާތާއި، ވޮޑަމުލާގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު ކުރެވުނު  ހުކުމާއެކު ޔާމީން ގެންދަވަނީ މާފުށި ޖަލުގައި އެހުކުމް ތަންފީޒް ކުރަމުންނެވެ. ޔާމީންގެ އިތުރުން ވ އާރަށުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ނައީމް ގެ މައްޗަށް ކުރާ ދައުވާ އަކީ މަނީ ލޯންޑަރ ކުރުމާއި ރިޝްވަތު ދިން ކަމުގެ ތުހުމަތެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ ކުށުގެ ދައުވާގައި މިހާތަނަށް އެކި މަރުހަލާތަކުގައި ކްރިމިނަލް ކޯޓްގައި އަޑުއެހުންތަކާއި ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންގޮސްފައިވާއިރު، ހުސްވި މަހު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު އެދިވަޑައިގަތީ މައްސަލަ އަވަސްކޮށްދީ ނިންމައި ދިނުމަށެވެ.

ސުޕްރީމް ކޯޓާއި ހައިކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް ޕީޕީއެމްގެ ލީޑަރޝިޕާއި ގާނޫނީ ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެމައްސަލަ އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ. އެގޮތުން މައްސަލަ ބަލާ ގާޒީން ބަދަލު ކުރުމާއި މައްސަލަ ތާވަލާއި އެއްގޮތަށް ކުރިއަށް ނުދިއުމާއި މައްސަލަ އަށް ނުފޫޒު ފޯރުވުމާއި ހެކި ބަލައިނުގަތުމުގެ އިތުރުން މައްސަލައިގައި ޝާމިލްވާ ހަސްމުންގެ ބަޔާން ނެގުމާއި ހެކި ދެނެގަތުމާއި ހެކި ވަޒަން ކުރުމުގައި ދައުލަތުން ވަކި ފަރާތަކަށް ބުރަވެ މައްސަލަ ނިންމަމުންދާ ކަމަށްވެސް ދަނީ ބުނަމުންނެވެ.

އިދިކޮޅުގެ ވާހަކަތަކަށް ދައުލަތުން މާބޮޑު ރައްދެއް މިހާތަނަށް ދީފައިނުވި ނަމަވެސް ސަރުކާރުން ބޭނުންވަނީ ރައީސް ޔާމީން އަށް އިންސާފު ލިބުމަށްކަމަށް ދައުލަތާއި ރައީސް ސާލިހް ވެސް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓް ދިނުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ފަހު ރައީސް ޔާމީން އާއި ސަރުކާރުން ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ކަމަށާއި، ސަބަބަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކޮށްފާނެތީ ކަމަށްވެސް ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: