ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިތޫރް ފެއާގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ކޮންސިއުމަރުން އަދި ޓްރެވެލް އެންޑް ޓްރޭޑް ޕާޓްނަރުން އެއްތަނަކުން ބައްދަލުވާ ދުނިޔޭގެ އެންމެ ބޮޑު އެއް ފެއަރ ކަމަށް ވާ ފިތޫރު 2023 ގައި މޯލްޑިވްސް މާކެޓިންގ އެންޑް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެއެވެ.

ފިތޫރު ފެސްޓިވަލް ނުވަތަ ފެއަރ ކުރިއަށްދާނީ މި މަހުގެ 18 އިން 22 އަށް ސްޕެއިންގެ މެޑްރިޑްގެ އިފެމާ މެޑްރިޑް ރެސިންޓޯ ފެރިއާގައެވެ.

ފިތޫރް އަކީ ޓްރެވެލް އެޖެންސީ ތަކާއި، ހޯލްސޭލަރުންނާއި ހޮޓެލްތަކާއި އެކޮމަޑޭޝަންތަކާއި އެއަރލައިންތަކާއި ފަތުރުވެރިކަމުގެ ލެޝަރ އަދި ކަލްޗަރަލް އެކްސްޕީރިއަންސްތައް ފޯރުކޮށްދޭ ފަރާތްތަކާއި މަންޒިލްތަކާއި މިދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރާ ފަރާތްތަކާއި ސްޕެއިންގެ ރަސްމީ ޖަމިއްޔާތަކާއި ޓްރެވެލް މީޑިއާތައް ބައިވެރިވާ ފެއަރ އެކެވެ.

މިއީ ވިޔަފާރީގެ ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދޭ ފެއަރ އަކަށްވާއިރު މި ފެއަރ އަށް ފަތުރުވެރިކަމުގެ ހިދުމަތްތައް ގަންނަން ބޭނުންވާ ފަރާތްތަކާއި އިންފްލުއެންޝަރުންނާއި މާކެޓް ޕްރޮފެޝަނަލުން ޒިޔާރަތް ކުރެއެވެ.

އެމްއެމްޕީއާރުސީއާ އެކު މި ފެއަރގައި އިންޑަސްޓްރީގެ 23 ކުންފުންޏަކުން 41 ފަރާތެއް ބައިވެރިވެއެވެ.

އެފަރާތްތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް މާކެޓްކުރަމުން އެބަދެއެވެ.

އެމްއެމްޕީއާރުސީން މި ފެއަރ މެދުވެރިކޮށް ސަނީ ސައިޑް އޮފް ލައިފްއިން ލިބޭ ތަފާތު ތަޖުރިބާ ތައް ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓް ތައް ޕްރޮމޯޓްކުރަމުންދެއެވެ.

ފިތޫރް 2023 ގައި އެމްއެމްޕީއާރުސީއިން ބައިވެރިވުމުގެ މަގްސަދުގެ ތެރޭގައި ސްޕެއިންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އުފެއްދުންތަކާއި މަންޒިލުން ލިބޭ ތަޖުރިބާތަކާއި ބެހޭ ގޮތުން ހޭލުންތެރިކަން އުފެއްދުމާއި ސްޕެއިންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އުފެއްދުންތަކާއި މަންޒިލުން ލިބޭ ތަޖުރިބާތަކާއި ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމާއި ސްޕެއިންގެ ޕްރޮފެޝަނަލުންނާ ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ފިތޫރު 2023ގެ ތެރޭގައި ރާއްޖޭގެ ސްޓޭންޑްގައި އެމްއެމްޕީއާރުސީގެ ފަރާތުން ހިންގަން ހަމަޖެހިފައިވާ މުހިއްމު ހަރަކާތްތަކުގެ ތެރޭގައި ނަސީބުވެރި ހަތަރު ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ހާއްސަ ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މިގުރުއަތުގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ކޮންސިއުމަރުންނާއި ޓްރެވެލް ޕްރޮފެޝަނަލުންނަށް ބައިވެރިވެވޭނެއެވެ.

މި ހަރަކާތް ކުރިއަށް ގެންދާނީ ފެއަރގެ އެއްވަނަ ދުވަހާއި ތިންވަނަ  ދުވަހުގެ އިތުރުން ހަތަރުވަނަ އަދި ފަސްވަނަ ދުވަހުއެވެ. އަދި މިއިން ކޮންމެ ދުވަހަކު ހޮވާނީ އެއް ނަސީބުވެރިއެކެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: