ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެސިނާއީ ސަރަހައްދުން އިޤްތިސާދީ މަސައްކަތްކުރުމަށް ބިން ކުއްޔަށްދޫކުރުން

މާލެ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެ ސިނާއީ ސަރަހައްދުން ވިލިމާލެ ރައްޔިތުންނަށް އިގްތިސާދީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދިނުމަށް މާލެސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

ވިލިމާލޭ ސިނާއީ ސަރަހައްދުން ބިންދޫކުރުމަށް ފާސްކޮށްފައިވަނީ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ 40 ވަނަ ޖަލްސާގައެވެ.

އެކައުންސިލުން ކުއްޔަށްދިނުމަށް ނިންމި ބިންތަކުގެ ތެރޭގައި ހިމެނެނީ ވިލިމާލެ ސަރަހައްދުގައި މިވަގުތު ހުސްކޮށް ހުރި 13ސްލޮޓެވެ. މި ފުރުސަތަކީ ކަނޑައެޅޭ ވަކި އަދަދަކަށް ނުވަތަ  މާލެ ތައްޔިތުންނަށް އަމާޒުކޮށްގެން ހާއްސަކޮށް ވިލިމާލޭގައި މަސައްކަތް ކުރާ ދެބައިކުޅަ އެއްބައި ރައްޔިތުންނަށް އަމާޒުކޮށްގެން ހުޅުވާލެވުނު ފުރުސަތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ވިލިމާލެ ސިނާއީ މަސައްކަތް ކުރާ ފަރާތްތަކުން ކުއްޔަށްހިފާފައިވާ ޕްލޮޓްތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކަނޑައެޅުުނު އެންމެ ފަހުތާރީހަކީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ. އެމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ އެގްރިމެންޓް ބާތިލްކޮށް އެފަރާތުގެ އަތުން ބިންތައް އަތުލައި ނުދައްކާ ފައިސާ ހޯދުމަށް ގާނޫނީ އިޖްރާތަކުގެ ތެެރެއިން މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން ވިލިމާލޭގައި  އާންމުންނަށް އުނދަގޫވާ ފަދަ މަސައްކަތްތައް ތަކުގެ ތެރޭގައި ހިމެނޭ ފައިބަރު ދޯނި ބަނުމާއި ހުއިފިލަނޑާގެ މަސައްކަތް ކުރާ ފަރާތްތައް، އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ވެސް ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮްށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: