ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްފައިސާ މެދުވެރިކޮށް ވައިބާއިން ފައިސާ ދެއްކޭ ގޮތް ހަދައިފި

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވައިބައިން ފައިސާ ފޮނުވޭ ހިދުމަތެއް ތައާރަފު ކުރުން/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިބަރ އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވައިބަރ މެދުވެރިކޮށް އެމް-ފައިސާ އިން ފައިސާ ފޮނުވޭގޮތް ހަދައިފިއެވެ.

އުރީދޫއިން މިފަދަ ކަމެއް ފެށުމުގެ މަގުސަދަކީ ކުދި ވިޔަފާރިތައް ކުރައްވާ ބޭފުޅުނަށް އެއްބާރުލުން ދެއްވުން ކަމުގައި މިއަދު މިކަން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

އަދި މި ހިދުމަތް ބޭނުން ކުރައްވާ ފުރަތަމަ 1000 ކަސްޓަމަރަކަށް ހާއްސަ އޮފާއެއްގެ ގޮތުން އެ-ފައިސާގެ ވޮލެޓައް 25 ރުފިޔާގެ ކޭޝް ބެކްއެއް ހާއްސަ އޮފާއެއްގެ ގޮތުން ލިބޭނޭ ވާހަކަ ވަނީ ދައްނަވާފައެވެ. މި އޮފާ ލިބިގެންދާ ގޯލްޑް ނުވަތަ ސިލްވާ ވޮލެޓް ގެއްގުޅުއްވާ މަދުވެގެން 500 ރުފިޔާގެ ކޭޝްއިން ކުރައްވާ ކަސްޓަމަރުންނައްކަން އިތުރައްވަނީ ފާހަގަ ކޮށްފައެވެ.

މި ހިދުމަތް ފޯރުކޮއްދެއްވުމަށް ވައިބަރ އިހްތިޔާރު ކުރެވިގެން ދިޔައީ ދިވެހިންގެ ތެރޭގައި ހުރިހާ އުމުރެއްގެ މީހުންގެ މެދުގައިވެސް މަގުބޫލު އެންމެންވެސް ބޭނުން ކުރަން ދައްނަ ޕްލެޓްފޯމް އަކަށް ވާތީ ކަމުގައި ވަނީ މިއަދުގެ ޖަލްސާގައި ހާމަ ކޮށްފައެވެ.

ސްކޭމް ތަކާއި ޓްރާންސެކްޝަން ސްލިޕްތައް ފޯޖް ކުރުން އޮތުރުވެފައިވާ މި ދަނޑިވަޅުގައި ޓްރާންސްފާ ހަދާ މިހާގެ އެކައުންޓޤގެ މައުލޫމާތު ނުވަތަ އެއްވެސް ތަފްސީލެއް ހިއްސާ ނުކޮށް އިތުބާރާއި އެކު މުއާމަލާތުކުރެވިގެން ދާނޭ ކަމަށް އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޚާލިދު އަލް-ހަމާދީ ވިދާޅުވިއެވެ.

ފައިސާ ލިބުނު ކަމުގެ ކޮންފަމޭޝަން މެސެޖް ދެފަރާތައްވެސް އޮޓޯއިން ލިބިގެނަދާނޭ ގޮތައް މި ހިދުމަތް  ތައްޔާރުކުރެވިފައިވާތީ ސްލިޕް ވައިކުރަން ޖެހުމާއި މިފަދަ އެތައް އުދަގޫ ތަކަކުން ސަލާމަތްވެގެންދާނެއެވެ. އަދި ހަމައެއާއެކު ކޮންފަމޭޝަން މެސެޖެއް ލިބި ޓްރާންސެކްޝަން ރިސިޕްޓްތައް އޮޅުވާލުމުގެ ފުރުސަތު ނައްތާލުމަށް އެހީތެރިވެގެންވެސް ދާނެއެވެ.

އަދި އެއް ޕްލެޓޤ ފޯމްއަކުން ފައިސާ ފޮނުވުމާއި އެހެން މުއާމަލާތުތައްވެސް ކުރެވިގެން ދިއުމަކީ ލިބިގެންދާނޭ އިތު ފަސޭހަކަމެކެވެ

މިކަމުގައި ޑިޖިޓަލް ފައިނޭޝަލް ޕްލެޓްފޯރމް ތަކަށް ކަސްޓަމަރުން އަހުލުވެރިކުރުވުމަށްވެސް މި ޙިދުމަތުން ބާރުއެޅުންވެސް މި ޕްރޮގްރާމްގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: