ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ކެމްޕޭންގެ ސަބަބުން ރުޅިވެރިކަމާއި ފިތުނަ އުފެދުމަށް މަގު ފަހިވޭ: ޝަމާލް

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓް ކެމްޕޭން މެދުވެރިކޮށް ދޭދޭ ގައުމުތަކުގެ މެދުގައި ރުޅިވެރިކަމާއި ފިތުނަ އާއި ނަފްރަތު އުފެއްދުމުގެ ސަބަބުން އަންނާނެ ނުރައްކާތެރިކަމަކާ މެދު ކަންބޮޑުވާކަމުގައި ޗީފް އޮފް ޑިޕެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއިބެހޭ ކޮމިޓީ (241) ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ޒަމާނުގެ ސަލާމަތީ ކަންކަމުގައި ދޭދޭ ގައުމުތައް އެހީވާން ދިމާވާ ފަދަ ހާލަތްތަކަށް ބައްލަވާލަމުން އޭނާ ވިދާޅުވި ގޮތުގައި އިންސާނުންގެ ވަގުފާރި އާއި މަސްތުވާތަކެތި ވިޔަފާރީގައި އިންޑިއާ ސަރަހައްދު ކިލަނބު ވެފައިވާއިރު އެ މައްސަލަތައް ބެލުމުގައި އިންޑިއާގެ އެހީތެރިކަން ދަނީ ހޯދަމުންނެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ބޮޑެތި މައްސަލަތަކުގައި ހިމެނޭ ބޮޑެތި ކުށްވެރިން ހޯދުމުގައި ދޭދޭ ގައުމުތަކުން އެއް ގައުމު އަނެއްގައުމަށް އިންޓިލިޖެންސް މައުލޫމާތުތައް ހިއްސާކުރުމާއި އެ މައުލޫމާތު ބަދަލުކޮށް ހަދާ ކަމަށާއި ސަލާމަތްތެރިކަން ގާއިމުކުރުމުގައި ގައުމުތައް ގުޅިގެން މަސައްކަތް ކުރާ ނެޓްވޯކެއް އުފެދިފައިވާ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. އަދި އެ ނެޓްވޯކްގައި ހިމެެނެނީ ރާއްޖެ އާއި އިންޑިޔާގެ އިތުރުން ސްރީލަންކާ ކަމަށާއި އިންޑިއާ އައުޓްގެ ސަބަބުން ނޭދެވޭ އަސަރުތަކެއް އުފެދި ރާއްޖެއަށް ނުރައްކާވާނެ ކަމުގައިވެސް ޝަމާލް ވިދާޅުވިއެވެ.

އިންޑިއާއިން އަމިއްލައަށް ރާއްޖޭގައި ހިންގާ މައިގަނޑު އޮޕަރޭޝަންތަކަކީ ބަލި މީހުން އުފުލުމާއި ސާޗް އެންޑް ރެސްކިއުގެ އޮޕަރޭޝަންތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ ސިފައިންގެ އެހީގައި މީހުން ބިނާ ކުރުމާއި ތަމްރީނު ކުރުމާއި ސަލާމަތީ ގޮތުން ހިންގޭ ސެކިއުރިޓީ އޮޕަރޭޝަންތަކެއް ކަމުގައި ޝަމާލް ވިދާޅުވިއެވެ. ހަމައެއާއެކު އޭރިއަލް ސެކިއުރިޓީ އިންޑިއާ ސިފައިންގެ އެހީ އާއެކު ބަލަަހައްޓަމުން އަންނަތާ ދުވަސްތަކެއް ވެދާނެ ކަމުގައިވެސް ޝަމާލް ވިދާޅުވިއެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ނަގަހައްޓާނީ  ދިވެހި ސިފައިން ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމުގައިވެސް ޝަމާލް ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން އަބަދުވެސް ދޭދޭ ގައުމުތަކުގެ ސިފައިން ރާއްޖެއައިސް ދިވެހި އަސްކަރިއްޔާއަށް ތަމްރީނުތައް ދޭކަމުގައި ޝަމާލް ވިދާޅުވި އެވެ. އޭގެތެރޭގައި އެމެރިކާ އާއި އިންޑިއާ އިތުރުން ބަންގްލަދޭޝް ހިމެނޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމެރިކާ ސިފައިން ދޭތެރެދޭތެރެއިން ރާއްޖެ ސިފައިންނާ އެކު ތަމްރީނުތައް ހިންގާ ކަމަށާއި ބަންގްލަދޭޝްގެ ނޭވީ ކޮމާންޑަރާއި ޗީފް އޮފް ޑިފެންސްވެސް ދާދި ފަހުން ރާއްޖެވަޑައިގެންފައިވާ ކަމުގައި ޝަމާލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: