ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ޗައިނާ ދެމެދު އަސްކަރީ އެއްބަސްވުމެއް ގާއިމުކޮށްފި

އަސްކަރީ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު: ފޮޓޯ/ ޑިފެންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ރާއްޖެއަށް ހިލޭ އަސްކަރީ އެހީ ފޯރުކޮށްދޭގޮތަށް އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް އެދިފައިވުމާއި، ޗައިނާގެ އުޅަނދަކަށް ރާއްޖޭގައި ބަނދަރުކުރުމަށް ފުރުސަތު ދީފައިވުމާއި ގުޅިގެން ރާއްޖެ އަދި އިންޑިއާ ދެމެދު މަސްލަހަތު ގެއްލިފައިވާކަމަށް ރިޕޯޓުތައް ކުރެވެމުންދާއިރު، ދިވެހި ސަރުކާރުންވަނީ ރާއްޖޭގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ ގޮތުން ޗައިނާ އާއިއެކު އަސްކަރީ އެއްބަސްވުމެއް ގާއިމުކޮށްފައެވެ.

ރާއްޖޭގެ ފަރާތުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ސޮއިކުރެއްވި މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު ޗައިނާގެ ފަރާތުން ހުންނެވީ ޗައިނާގެ ފަރާތުން ބޭރު ގައުމުތަކާއިއެކު އަސްކަރީ ގުޅުން ގާއިމުކުރުމަށް އެކުލަވާލެވިފައިވާ ވުޒާރާގެ ޑެޕިއުޓީ ޑިރެކްޓަރ މޭޖާރ ޖެނަރަލް ޒޭންގް ބައޮކުން ކަން ފާހަގަކުރެވެއެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް ހިލޭ އަސްކަރީ އެހީ ފޯރުކޮށްދޭނެކަމަށް ޑިފެންސް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: