ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ފުުހުންގެ މައި މަރުކަޒރު، ޝަހީދު ހުސައިން އާދަމް ބިލްޑިން. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ހޯމްލޭންޑު ސެކިއުރިޓީ އެންޑު ޓެކްނޮލޮޖީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ޕޮލިސް ކޮމިޝަނަރުކަމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން ލިޔުމުން، މިނިސްޓްރީއަށް ހުށަހެޅުމަށެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުށަހެޅޭނީ މިހާރު އެސިސްޓެންޓު ކޮމިޝަނަރުގެ ރޭންކު ތިއްބެވި ފުލުހުންނަށެވެ. އެގޮތުން މިހާރު އެ ރޭންކުގައި 13 ބޭފުޅަކު އެބަ ތިއްބެވިއެވެ.

ކުރިމަތިލައްވާ ބޭފުޅުންނާއި ގުޅޭ ރިޕޯޓެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސްއިން ހަދަން ޖެހެއެވެ. މަގާމަށް ބޭފުޅަކު އައްޔަނުކުރާނީ އެގޮތުން މިނިސްޓަރަށް ފޮނުވާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި މަގާމު ހުސްވެފައިވަނީ، މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހަމީދު، ނޮވެމްބަރ 15 ވަނަ ދުވަހު ރިޓަޔަ ކުރެއްވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: