ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުތިލަފަޅުގެ އެއްބަސްވުން، އެކުލަވާލީ ރައީސް ޔާމީންގެ ސަރުކާރުގައި، މަޝްރޫއު ކުޑަކުރީ މި ސަރުކާރުން: ޑިފެންސް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އިންޑީއާއިއެކު އެކުލަވާލި އުތުރުތިލަފަޅުގެ ބޮޑު މަޝްރޫއު، ކުޑަ ކުރީ މި ސަރުކާރުންކަމަށް ޑިފެންސް މިނިސްޓްރީ ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީއިން ނެރުން ނޫސް ބަޔާނެއްގައި ވަނީ ސިޔާސީ މަގުސަދު ހާސިލްކުރުމަށްޓަކައި ދިވެހި ސިފައިންނާއި، އަދި އެ މުއައްސަސާގެ އަގުވައްޓާލުމަށްޓަށާއި، ސިފައިންގެ ކުރިމަގުގެ ތަރައްގީއަށް އުނިކަން އަންނަ ގޮތަށް ހަގީގަތާއި ހިލާފު ޕްރޮޕެގެންޑާ ފަތުރަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން ކ. އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުންދާ “އެކަތަ” ބަނދަރަކީ އިންޑިއާގެ “މިލިޓަރީ ބޭސް” އެއްކަމަށް ބުނެ ވާހަކަތައް ފަތުރަމުން ގެންދަނީ ހަގީގަތާއި ހިލާފަށްކަމަށް ފާހަގަކޮށް، އެކަމާއި ގުޅޭ ގޮތުން މި ބަޔާނުގައި ބުނެފައިވަނީ ކ އުތުރު ތިލަފަޅުގައި އިންޑީއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާރު ތަރައްގީކުރަމުންދާ “އެކަތަ” ބަނދަރަކީ ދިވެހި ސިފައިންގެ ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބޭއްވުމަށާއި އަދި މަރާމާތުކުރުމަށް ތަރައްގީކުރާ ބަނދަރެއްކަމަށެވެ.

އުތުރު ތިލަފަޅާއި ގުޅިގެން އެންމެ ފުރަތަމަ މަޝްވަރާ ކުރީވެސް ދިވެހި ސަރުކާރުންކަމަށް ބަޔާނުގައިވެއެވެ. މި މަޝްވަރާ ކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދިފާއީ ވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައިކަމަށް ބަޔާނުގައިވެއެވެ. އެ ދަތުރުގައި އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއުއެއް ހިންގުމަށްޓަކައި އެ ސަރުކާރުގެ ތަސައްވުރާއި، ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ހުށައަޅާފައިވާކަމަށް ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއިކުރެވުނު ” އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑީޔާ” ގައިވެސް އިންޑިއާ ސަރުކާރާއި ގުޅިގެން އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގުމަށް އެއްބަސްވެފައިވާކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން 2013 ވަނަ އަހަރު ހުށައަޅާފައިވާ ބޮޑު އަސްކަރީ މަޝްރުއުގެ ސްކޯޕް ހަނިކޮށްފައިވާކަމަށާއި، މި ސަރުކާރުން 2019 ވަނަ އަހަރު ވާނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އަދި އެ އުޅަނދު ފަހަރު މަރާމާތުކުރުމަށް ޑޮކްޔާރޑެއް ތަރައްގީކުރުމަށް ހަމަޖައްސާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

ބައެއް ފަރާތްތަަކުން ގަސްތުގައި ފަތުރަމުންދާ ދޮގު ހަބަރާއި ހިލާފަށް، “އެކަތަ” ބަނދަރާއި އެ ބަނދަރުގައި އެންމެހާ ވަސީލަތްތަކަށް ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާކަމަށްވެސްވެއެވެ. އެހެން އެއްވެސް ގައުމެއްގެ ސިފައިން މި ބަނދަރުގައި ގާއިމްވެ ނެތްކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމަކަށް މި ސަރުކާރުން ޖާގަނުދޭނެކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓްރީއިން ވަނީ ދީފައެވެ.

މި ބަޔާނުގައިވާ ގޮތުގައި ދިވެހި ސިފައިންގެ މުއައްސަސާއަކީ ގައުމުގެ އަމަންއަމާންކަމާއި ސިޔާސަތު ދިފާއުކުރުމުގެ އެންމެ ފަހު އައްޑަނައެވެ. މިއީ ސިޔާސީ ގޮތުން ހައްސާސް ދަނޑިވަޅެއްކަމަށް ފާހަގަކޮށް ބަޔާނުގައި ވަނީ ދިވެހި ސިފައިންގެ ތަރައްގީއަށް ހިންގޭ މުހިންމު ކަންކަމަށް ހުރައަޅައި، ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ. މި ދަނޑިވަޅުގައި ސިފައިންނާއި، ސިފައިންގެ އާއިލާތަކުގެ އަގުވައްޓާލުމަށާއި، އަދި އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވެއްދުމަށް ސިޔާސީ ޕްރޮޕެގެންޑާ ފެތުރުމަކީ އެ މިނިސްޓްރީއިން ކަންބޮޑުވާކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި، ގައުމުގެ މިނިވަންކަމަށް ގެއްލުވާ ގޮތަށް އެބަތިބިކަމަށް ބުނެ ދައްކާ ވާހަކަތައް ސާފުކޮށްދިނުމަށް މިނިސްޓްރީއިން ނެރުން މި ބަޔާނުގައި، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ގައުމަށް ދިމާވެދާނެ ބޮޑެތި ކަންކަމުގައި ދިވެހި އަސްކަރިއްޔާ ތަރުތީބުކޮށް އެންމެހާ ރޭންކްތަކުގެ ސިފައިންނަށް އިރުޝާދުދެއްވާ، މަގުދައްކަވަން ތިއްބެވި ސިފައިންގެ ލީޑަރޝީޕްގެ އިތުބާރު ގެއްލުވާލުމަށާއި، އަދި ސިފައިންގެ ބަދަހި ސަފުތައް ގުޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: