ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގު ހިންގާ މައްސަލައެއްގައި މެމްބަރުން ގުޅިޔަސް ފޯނަށް ޖަވާބު ނުދެން: ހަމީދު

ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ތަހުގީގުތައް ވަކި ގޮތަކަށް ކުރިޔަށް ގެންދިއުމަށް އެންގުން ނުވަތަ، ވަކި ބައެއްގެ މައްސަލައެއް ނުބަލައި ދޫކޮށްލުމާއި ބަޔަކު ހައްޔަރު ކުރި ފުލުސް އޮފިސަރުންތަކެއްގެ ސެކްޝަން ބަދަލު ކުރުމަށް އަންގައި ފޯރުވޭނެ އެއްވެސް ނުފޫޒެއް ނެތްކަމަށް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި އާއި، ދައުލަތުގެ އެތެރޭގެ މަސްލަހަތުތައް އެކުލެވޭ މައްސަލަތައް ތަހުގީގު ކުރުމުގައި މުވައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް އަބަދުވެސް ކުރެވެ އެވެ. އެގޮތުން ނުފޫޒު ގަދަ ބަޔަކާއި ގުޅުން ހުރި މީހެއްގެ މައްޗަށް، ތަހުގީގެއް ހިންގުމުގައި ގޮންޖެހުންތައް ދިމާވުމާއި އެ މީހަކު ހައްޔަރު ކުރުމަށް ފަހު ދެން އުފެދޭ މައްސަލަތައް ފާހަގަ ކުރެވެ އެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރޭއިރު، ފުލުސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު އަދި ކޮމިޝަނާރ އޮފް ޕްރިޒަންސް ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަމީދު ވިދާޅުވީ އޭނާއަކީ ސިޔާސީ ގޮތުން އެއްވެސް ނުފޫޒެއް ފޯރުވޭނެ މީހެއް ނޫން ކަމަށެވެ. އާއްމު ގޮތެއްގައި އޭނާއަކީ މެމްބަރުން ގުޅުމުން “ފޯނު ނުނަންގަވަ” ބޭފުޅެއްގެ ގޮތުގައި ވާހަކަ ދެކެވޭކަން ފާހަގަކޮށް ހަމީދު ވިދާޅުވީ ވަކި މައްސަލައްގެ ތަހުގީގަކާއި ގުޅުވައި ފުލުސް އޮފިސަރެއްގެ ޝަކުވާއަކާއި އެކު އެ މީހަކު އެހެން ސްޓޭޝަނަކަށް ބަދަލު ކުރަން ބުނެ ގުޅިޔަސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށެވެ.

ހަމީދު ވިދާޅުވީ ޖިނާއީ ބޮޑު މައްސަލައެއްގެ ތަހުގީގަކާއި ގުޅުވައި ވަކި ބޭފުޅަކު ގުޅާއިރު، ގިނަ ފަހަރަށް އެއީ ކޮންމެވެސް އިރުޝާދެއް ދޭންކަން އެނގޭތީ ވެސް ފޯނަށް ޖަވާބު ދީފައި ނުވާނެކަމަށެވެ.

“އެ މީހަކު އެ ގުޅަނީ ސީދާ ކަނޑައެޅިގެން ކޮން ކަމެއްގައިކަން އެނގޭ ނަމަ ފޯނު ވެސް ނަގާ މީހެއް ނޫން އަޅުގަނޑަކީ.. އެހެންވެ، ބައެއް މެމްބަރުންގެ މެދުގައި އަޅުގަނޑު ފާހަގަ ވެސް ކުރެވޭނީ ފޯނު ވެސް ނުނަގާ މީހެއްގެ ގޮތުގައި…” ހަމީދު

ހަމީދު ވިދާޅުވީ ފުލުހުންގެ ތަހުގީގުތަކުގެ ތެރެއަށް ބަސް ބުނެ، އެކަމެއް ހުއްޓާލުމަށް ދުވަހަކު ވެސް އަންގާފައި ނުވާނެ ކަމަށެވެ. ފުލުހުންގެ މުވައްސަސާއެއްގެ ބޭނުމަށް ހުރަސް އެޅޭފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށް ހަމީދު މިއަދު ވިދާޅުވި އެވެ. ވަރަށް ޔަގީންކަމާއި އެކު ހަމީދު ވިދާޅުވީ، މިވީ ހަތަރު އަހަރުގެ ތެރޭގައި އޭނާއަށް ނުވަތަ މުވައްސަސާގެ އިސްވެރިންގެ މައްޗަށް އެއްވެސް ބަޔަކަށް ފޯރުވުނު ނުފޫޒެއް ނެތްކަމަށެވެ. އަދި އެކަން އެގޮތުގައި ދަމަހައްޓާނެކަމަށް ތަކުރާރު ކުރެއްވި އެވެ.

ނުފޫޒު ނުފޯރުވޭނެކަމަށް ހަމީދު ވިދާޅުވީ ނަމަވެސް، ފުލުހުންނަށް އަމާޒުވާ އެންމެ ބޮޑު ތުހުމަތަކީ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ތަހުގީގުތައް މަޑުޖައްސާލުން ނުވަތަ އެބަޔަކު ހައްޔަރު ކުރުމަށް ފަހު ވެސް ދޫކޮށްލުމެވެ. ނުވަތަ ކުށުގެ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ހުއްޓައި އަންނަ “ފޯނު ކޯލެއް” ގެ ސަބަބުން ދޫކުރަން ޖެހޭ ފަދަ ހާލަތްތައް އަންކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ.

ސިޔާސީ ބައެއް މީހުންގެ މައްޗަށް ކުރެވޭ ކުށްތަކުގެ ތުހުމަތާއި، ނުވަތަ އެ މީހުންގެ އާއިލާ އާއި ގާތް ރައްޓެއްސެއް ޖިނާއީ ކުށެއް ކުރި ނަމަވެސް އެ މައްސަލައެއް ތަހުގީގުކޮށް ދޫކޮށް ލާ ގިނަ މައްސަލަތައް ސޯޝަލް މީޑިއާގައި ދޭތެރެއަކުން ފެންމަތިވެ އެވެ.

ސީޕީއަށް ސިޔާސީ ނުފޫޒު ނުފޯރުވޭނެކަމުގެ ޔަގީންކަން ދެއްވިއިރު، ފުލުހުންގެ މުއައްސަސާއަށް އަބަދު ވެސް އަމާޒުވާ އެއް ފާޑުކިޔުމަކީ ނުފޫޒުގެ ދަށުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: