ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕީ ހަމީދު ރިޓަޔާ ކުރައްވަނީ!

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމަށް ނިންމަވައިފިއެވެ.

ފުލުހުންގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ އޮންލައިން ޕްލެޓްފޯމެއްގައި ލިޔުއްވި ބްލޮގެއްގައި މިކަން ހާމަކުރައްވާ ހަމީދު ވިދާޅުވީ، އަންނަ މަހު 11 ގައި ރިޓަޔަރ ކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގެ ޒިންމާ ހަމީދު އާއި ހަވާލުކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ. އެ މަގާމަށް އޭނާ ރަސްމީކޮށް އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުގައެވެ.

ހަމީދު ވަނީ ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުވެސް އަދާ ކުރައްވާފައެވެ. ނަމަވެސް ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމަށް ތުހުމަތުކޮށް 2012 ވަނަ ޑރ ވަހީދުގެ ވެރިކަމުގައި ހަމީދު ވަނީ މި މަގާމުން ވަކިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: