ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުޤީގު ކުރަމުންދަނީއޭ ވިދާޅުވުން ނޫންވަރެއް ފުލުހުންނަކަށް ނުވިއެއްނޫންހެއްޔެވެ؟

ސީޕީ ހަމީދު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހުކުރު ދުވަހު މާލޭގެ ތިން ފުލުހަކަށް ގޭންގަކުން ހަމަލާދިން އިރު އެމައްސަލަ ސީރިއެސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ ހަމީދު) ވެސް ވިދާޅުވިއެވެ. އަދި އެއީ ހެންވޭރަށް ނިސްބަތްވާ ގޭންގެއްކަމަށް ވެސް ސީޕީ ހަމީދުވަނީ ވިދާޅުވެފައެވެ.

އަދި ކިއެއްތޯއެވެ. ފުލުހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ސީރިއަސް ކުށްތަކެއް ގޮތުގައި ބައްލަވާނެ ކަމަށާއި، ފުލުހުންނަށް އަނިޔާކުރުމަކުން އިންތިޒާމުވެގެން ހިންގާ ކުށްތައް ހުއްޓުވަން ކުރާ މަސައްކަތުގައި ފަހަތަށް ފުލުހުން ނުޖެހޭނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވީ އަޑަށް ބާރުލާފައެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ހަދާފައިވާ ގޭންގުތައް ހޯދާ ހައްޔަރުކުރާނެ ކަމަށްވެސް ހަމަ ވިދާޅުވީ ސީޕީއެވެ. ނުހައްޤުން މަރާލެވޭ މީހުންނަށް އިންސާފް ހޯދަދީ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަމޭވެސް ނެތް ބާރު އަޑަށް ލާފައި ވިދާޅުވީ ސީޕީ ހަމީދެވެ.  ކިތަންމެ އަޑަށް ބާރުލާފައި ސީޕީ ހަމީދު މިހެން ވިދާޅުވިއަސް ސީޕީގެ ބަހުގައި ހުރި ތެދުވެރިކަމާއި އެ ވިދާޅުވާ އެއްޗެއްގެ ހުރި ބުރަދަނެއް ވަޒަން ކުރާނީ އަޅުގަނޑުމެން ރައްޔިތުންނެވެ.

ދައުލަތުގެ އިސްވެރިންނާ ހަމައިން ފަށަމާތޯއެވެ. ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ހަމަލާ ދިންތާ އަހަރަކަށްވުރެއް ގިނަ ދުވަސް ވީއެވެ. މި މައްސަލާގެ ތަހުޤީގު ދާގޮތާއިމެދު ފުލުހުން އެއްމެ ފަހުން ޕްރެސް އެއްވެސް ބޭއްވީ މިދިޔަ އަހަރުގެ މެއި މަހަުގެ ވިހިވަނަ ދުވަހުއެވެ. ކުރިއެރުމެއް ނުލިބޭ އެ ތަހުޤީގުން ވީ ފައިދާއެއް ނެތެވެ. ފުލުހުންނަށް ބުނެވޭހާވެސް، އެއްޗަކީ ތަހުޤީގު ކުރިއަށްދަނީ އެވެ. ލިބުނު އިންސާފެއް ނެތެވެ. ދައުލަތުގެ އިސްވެރިންނަށް އިންސާފްނުލިބުނު ތަނެއްގައި ނިކަމެތި ރައްޔިތުމީހާއަށް ވާނެ ވަރު ހިތައް ސިފަކޮށްލަބަލާށެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޕާލިމަންޓު އިންކުއަރީ ރިޕޯޓު 241 ކޮމިޓީން ވަނީ އާއްމުކޮށްފައި

ދެން ބަލައިލާނީ މިދެންނެވި ނިކަމެތި ރައްޔިތުމީހާގެ ހާލަތަށެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ގޭތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އަންހެނަކު ފިރިހެނެއްގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މިއަދާޖެހެންދެއްވެސް ފުލުހުންނަށް މީހަކު ހައްޔަރުކުރެވިފައެއް ނެތެވެ. ހަމަ މިފަހަރުވެސް ވިދާޅުވެވުނީ ތަހުޤީޤު ކުރިއަށްދާކަމަށެވެ.

ނިމިދިޔަ އޯގަސްޓު މަހުގެ ކުރީކޮޅު މާލޭގައި ޒުވާން އަންހެނަކު ކުރި ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާއިރު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައިވެސް ހަމަ ކުރަނީ ތަހުޤީގެވެ. މައްސަލައަކީ މި ތަހުޤީގުތައް ދުވަހަކުވެސް ނަތީޖާ އާއި ހަމައަށް ވާސިލުވާވަރު ނުވާތީއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އަނިޔާވެރިގޮތަކަށް މަރާލާފައިއޮއްވާ ހ.ޝީރީންވިލާގޭ 9 ވަނަ ފަންގިފިލާއިން ފެނިފައިވާ އުމުރުން 21 އަހަރުގެ އަންހެން ކުއްޖާ މަރާލިކަމުގެ ތުހުމަތައް ވެށިން މީހަކު ހައްޔަރުކުރެވުނެވެ. ނަމަވެސް އެ މައްސަލަވެސް ހަމަ ތަހުޤީގު ކުރަނީއެވެ. ލިބޭ ކުރިއެރުމެއް ނެތެވެ.

އަންހެން މީހާގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ ހަޒްމަޓް ސޫޓެއްގައި ފުލުހުންގެ ކާރަށް އަރުވަނީ./ ފޮޓޯ: ވަގުތު

ފުލުހުންނަށް ކުރެވޭހާވެސް ކަމަކީ ސައިކަލުތަކުގައި ސްޓިކާ ޖަހައިގެން ދައުކަތައް އާމްދަނީ އިތުރުކުރުމުގެ މަސައްކަތްތަކެވެ. ދައުލަތައް ފައިދާއެއްނޫންހެއްޔެވެ؟

ދެންވެސް އަރާ އިންސާފް ހޯދާދިނުމަށް ނުފުރޮޅާ އެއްމެ ގަލެއް ނޯންނާނޭ ސީޕީ ހަމީދު ވިދާޅުވިއަސް ގަބޫލުކުރެވޭކަށްނެތެވެ. ދެން މި ރައްޔިތުން އެ ވާހަކަ ޤަބޫލެއްވެސް ނުކުރާނެއެވެ.  އިންސާފަކީ މި ޤައުމުގައި އެކަކަށްވެސް ލިބެން ނެތް ތަދު އެއްޗެއްކަމަށް ރައްޔިތުން މި ތިބީ ގަބޫލުވެސްކޮށްގެންނެވެ. އެހެންނަމަވެސް ހަނދުމަ ކޮށްދެމެވެ. އިންސާފްހޯދަދޭން ގައުމުގައި އެކުލަވާލެވިފައިވާ އިދާރާތަކުން އިންސާފް ނުލިބުމުން ދެން ރައްޔިތުން ނުކުންނާނީ މަގުމައްޗަށެވެ. އަމިއްލަ އަމިއްލައަށް އިންސާފް ހޯދަންވެސް ލަސްތަކެއްނުވެ ފަށައިފާނެއެވެ.އަބަދުވެސް ތަހުޤީގު ކުރަމުންދަނީއޭ ވިދާޅުވުން ނޫންވަރެއް ފުލުހުންނަކަށް ނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: