ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ މުއައްސަސާ އަކީ ކުރިއާ އަޅާބަލާއިރު ތަރައްގީވެ ކުރިއަރާފައިވާ މުއައްސަސާއެއް: ސީޕީ ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުއަައްސަސާއަކީ މީގެ 18 އަހަރު ކުރިން އޮތް ގޮތާއި އަޅާބަލާއިރު ތަރައްގީވެ ކުރިއަރާފައިވާ މުއަައްސަސާއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ އެކަމަކީ ތަހުގީގު ކުރުމުގެ ދާއިރާއަށް ބެލި ކަމުގައި ވީ ނަމަވެސް ނުވަތަ ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިފައިވާ މިންވަރަށް ބެލި ނަމަވެސް އެއްދުވަހަށް ވުރެ އަނެއް ދުވަހަށް ކުރިއަރައިގެން ދާކަން ހާމަވެގެންދެއެވެ.

އިންފޮރމޭޝަން ޓެކްނޮލޮޖީ، ފޮރެންސިކް އާއި އެނޫންވެސް ދާއިރާތަކަށް ލިބިފައިވާ ކުރިއެރުމަކީ މިއަދު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި ކުރިން އެ މުއައްސަސާގައި މަސައްކަތްކުރި ފަރާތްތައް ފަހުރުވެރިވާނެ ކަމެއް ކަމަށް މުހައްމަދު ހަމީދު ވިދާޅުވިއެވެ. އެހެންކަމުން ފުލުހުންގެ ހިދުމަތް ތަރައްގީވުމުގައި ހިދުމަތުގައި މިއަދާ ޖެހެންދެން މިހާތަނަށް އިސްކޮށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް މުހައްމަދު ހަމީދު ޝުކުރު އަދާ ކުރެއްވިއެވެ،

ފުލުހުންގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ބަދަލުވުމާއި ގުޅިގެން މީހުންގެ ސަމާލުކަމަށް އެންމެ ބޮޑަށް ފެނިގެން ދިޔަ އެއް ކަމަކީ ފުލުހުން އަޅާ ޔުނިފޯމާއި ފުލުހުންގެ ދިދަ އާއި ފުލުހުންގެ އުޅަނދުތަކަށް އައި ބަދަލުތައް ކަމަށް މުހައްމަދު ހަމީދު ވިދާޅުވިއެވެ. ފުލުހުންގެ ޔުނިފޯމަށް އައި ބަދަލަކީ ސިފައިންގެ ފެހި ކުލައިން ފުލުހުންގެ ނޫކުލައަށް ބަދަލުވި ބަދަލުވުން އެކަނި ނޫންކަން ފާހަގަކޮށް މުހައްމަދު ހަމީދު ވިދާޅުވީ މަދަނީ ފުލުހުންގެ ހިދުމެތެކޭ ބުނުމުން އޭގައި ވަރަށް ފުޅާ އަދި މުހިއްމު ކަންތައްތަކެއްވާކަމަށެވެ.

ރައްޔިތުންނާއި ގުޅިގެން ރައްޔިތުންގެ އިހުސާސްތައްދެނެގަނެގެން ރައްޔިތުންގެ ބޭނުންތަކަށް ފޯރުކޮށްދެވޭ ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ދެމިއޮތޮމަށް ހިތްވަރު ލިބިގެންދާ ކަމަށް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތަށް އަންނަމުންދާ ރަނގަޅު ބަދަލުތަކާއެކު ރައްޔިތުންގެ އިތުބާރު ލިބޭނެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ކުރެވެމުންދާ މަސައްކަތް ކާމިޔާބުވުމަށް އުއްމީދު ކުރާ ކަމަށް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރި މުޖްތަމައުއެއް ގާއިމްކޮށްދިނުމަށް ރެއާ ދުވާލު ކެނޑިނޭޅި ފުލުހުން ކުރަމުންދާ މަސައްކަތް ކުރިއަށްވުރެ ފުޅާކޮށް މިއަދުގެ ކުށުގެ ވެށިން ދައްކުވައިދޭ މަންޒަރުތަކަށް ފުރިހަމައަށް ހަރަކާތްތެރިވެވޭނެ މީހުންނާއި ވަސީލަތްހުރި މުއައްސަސާ އަކަށް ބަދަލުވެގެން ދިއުމަކީ ކުރާ އުއްމީދެއް ކަމަށާއި މިނިވަން މުއައްސަސާތަކަށް ޖަވާބުދާރީވެ ފަރުދުންގެ ހައްގުތަކާއި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންތިޒާމްތަކާއެކު ކުށްކުރުން ހުއްޓުވުމަށް ކުށްވިޔަނުދިނުމާއި ކުށްކުރާ ފަރާތްތަކުގެ މައްސަލަ ތައް ތަހުގީގު ކުރެވި ދައުވާ ކުރެވޭނެ މިންވަރަށް ތަހުގީގާއި ގުޅޭ އެންމެހައި ކަންކަން ފުރިހަމަވެގެން ދިއުމަކީ އުއްމީދު ކުރާ ކަމެއް ކަމުގައި ސީޕީ ހަމީދު ވިދާޅުވިއެވެ.

ޖުމްލަގޮތެއްގައި އެކާވީސްވަނަ ގަރުނަށްފެތޭ ތަހުޒީބު އަދި ބޮޑުތަނުން ނަތީޖާނެރޭ ފުލުހުންގެ ހިދުމަތަށް ފުލުހުންގެ މުއައްސަސާ ތަރައްގީވެގެން ދިއުމަކީ އުއްމީދު ކުރާ ކަމެއް ކަމަށާއި ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މީގެ 18 އަހަރު ކުރިން ފުލުހުންގެ ހިދުމަތް ގާއިމް ކުރިއިރު ހުރި ކުށްތަކާއި އެނޫންކަންކަންވެސް އިތުރު ހައްލެއް ނުލިބިވަނީ އެއްދުވަހުން އަނެއްދުވަހަށް ގޮސްފައިކަމަށް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާއާއި ގޭންގު ގްރޫޕްތަކުން ހިންގާ އަނިޔާވެރި ކުށްތަކާއި އެނޫންވެސް ކަންކަމުގައި މީގެ 18 އަހަރުކުރިއާ އެއްވަރަށް މިއަދުވެސް ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތަށް އައި ބޮޑު ބަދަލާއެކު ވޭތުވެދިޔަ ތަނުގައި ފުލުހުންގެ ހިދުމަތާއިމެދު އާއްމު ރައްޔިތުން ދެކެމުން އައިގޮތްވެސް ބަދަލުވެފައިވާ ކަމަށެވެ. އެއާއެކު ފުލުހުންނާއި މެދު ކުރެވޭ އިތުބާރު އިތުރުކުރުމަށް ގިނަ އާ ކަންތައްތަކެއް ކަނޑައެޅިފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ފުލުހުންނާއިމެދު ހުށައެޅޭ ޝަކުވާތައް ބަލައި އެމައްސަލަތައް ހައްލުކޮށް ދިވެހި ފުލުހުންގެ ހިދުމަތް ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭގޮތަށް  ހިދުމަތްދިނުމަށް މިސްރާބު ބަދަލުކުރުމަށް ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި ގިނަ އާ ކަންތައްތަކެއް ތައާރަފް ކުރެވިފައިވާ ކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: