ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުވެލިފުށްޓަކީ އަވި ކަރަންޓް ބޭނުންކުރާ ރަށަކަށް ހެދުމަށް ވަނީ ރޭވިފައި: ރައީސް

އޮޅުވެލިފުށި ރައްޔިތުންނާއި ރައީސް ވަނީ ބައްދަލުކުރައްވާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުވެލިފުއްޓަކީ 100 ޕަސެންޓް އަވި ކަރަންޓް ބޭނުންކުރާ ރަށަކަށް ހެދުމުގެ މަޝްރޫއު ކުރިއަށް ރޭވިފައި އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އޮޅުވެލިފުށީގެ ރައްޔިތުންނާއި ރަށު ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރައްވާ މެމްބަރުންނާވެސް ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަ ފުޅުގައި ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމުގައި ވިދާޅުވިއެވެ.  އޮޅުވެލިފުއްޓަކީ 100 ޕަސެންޓް އަވި ކަރަންޓް ބޭނުންކުރާ ރަށަކަށް ހެދުމުގެ މަޝްރޫއު ކުރިއަށް ރޭވިފައި އޮތް ކަމުގައިވެސް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުން ތަކުގެ ތެރޭގައި ހިމެނޭ އޭޓީއެމް ނެތުމާއި ރައްޔިތުން ރަށް ކައިރި މޫދަށް އެރިލާނެ ސަރަހައްދެއް ނެތުމުގެ ވާހަކަ ރަށުގެ ރައްޔިތުން ރައީސާއި ހިއްސާކޮށްފައިވެއެވެ. އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ މިއަހަރުގެ ތެރޭގައި އޭޓީއެމް ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފެށިގެން ދަނެ ކަމުގައިއެވެ.

ރައީސްގެ މިދަތުރުފުޅުގައި ސިއްހީ މަރުކަޒުގެ އިސްބޭފުޅުންނާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސްގެ މި ބައްދަލުވުމުގައި ކުރެންދޫ ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ޣަނީ އަބްދުލް ހަކީމް ގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: