ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސާސީ ހައްގުތަކެއް ވާކަން ރައްޔިތުންނަށް ބުނެދިނީ އެމްޑީޕީއިން: ޔާސިރު

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އަސާސީ ހައްގުތަކެއްވާކަން ރާއްޖޭގެ ރައްޔިތުންނަށް ބުނެދިނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިންކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފެނާއި ނަރުދަމާގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހު މަޖިލީހަށް ހުށައަޅުއްވައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ޔާސިރު ވިދާޅުވީ އަސާސީ ހައްގުތަކުގެ ވާހަކަތައް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދީ އިޖްތިމާއީ ރައްކާތެރިކަން ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް އެންމެ ބުރަ މަސައްކަތް ކުރި އެމްޑީޕީކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އަސާސީ ހައްގުތަކެއްވާކަން ދިވެހި ރައްޔިތުންނަށް ބުނެދީފައިވާ ކަމަށާއި އިޖްތިމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާއި އަތޮޅުތެރޭގައި އެކި ވަސީލަތްތައް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

މެމްބަރު ޔާސިރު ވިދާޅުވީ އަސާސީ ހައްގުތައް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި އެމްޑީޕީއިން ކުރީ ބިރުވެރި އުނދަގޫ ދަތުރެއްކަމަށެވެ. މިދަތުރުގައި ރައީސް މުހައްމަދު ނަޝީދަށް ދިމާވި ދަތި އުނދަގޫތަކަކީ ފޮތްތަކުންނާއި ވީޑީޔޯތަކުން ފުހެލެވޭނެ އެއްޗެއް ނޫންކަމަށް މެމްބަރު ޔާސިރު ވިދާޅުވިއެވެ. އަދި އެއަށްފަހު އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ފެނާއި ނަރުދާމާގެ ގާނޫނެއް އެކުލަވާލައި ގާނޫނު ފާސްކުރިކަން ފާހަގަކުރެއްވިއެވެ. ފެނާއި ނަރުދަމާގެ ގާނޫނު ފާސްކުރީ 2020 ވަނަ އަހަރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއިއެކުގައެވެ.

ވޭތުވެދިޔަ ސަރުކާރުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ޔާސިރު ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެނުގެ ތިން ނިޒާމާއި ނަރުދަމާގެ 12 ނިޒާމް ގާއިމްކޮށްފައިވާ ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ފެނުގެ ތިން ނިޒާމް އަދި ނަރުދަމާގެ 15 ނިޒާމް ގާއިމްކޮށްފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި 35 ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ.

”އެއަށްފަހު މިހާރު މިސަރުކާރުގައި ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. 60 ރަށެއްގައި ފެނުގެ ނިޒާމްގެ މަސައްކަތް ކުރިއަށްދާއިރު 76 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައި. 48 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. 48 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައި“ ޔާސިރު

ރާއްޖޭގައި އަތޮޅުތައް ތަރައްގީކުރުމުގެ ފިކުރު ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕކަމަށް ޔާސިރު ވިދާޅުވިއެވެ. މިއަދު ހުށައެޅުނު އިސްލާހުތަކަކީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުގެނެސް ގާނޫނު އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު އިސްލާހުތަކެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ގާނޫނު ތަންފީޒްކުރުމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީއަށް ދިމާވާ އިދާރީ ދަތިތައް ހައްލުކުރުމަށް އިސްލާހު ހުށައަޅާފައިވާނެކަމަށް ވިދާޅުވިއެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބާރު އެޅުމަށާއި ގާނޫނާއި ހިލާފްވާ ފަރާތްތަކަށް އަދަބު ދިނުމަށްވެސް މިއިސްލާހުތަކުގައި ބަޔާންކޮށްފައިވާނެކަމަށް ޔާސިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: