ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ މިހާރު ހިންގަނީ ފަނޑިޔާރުން ތަޅުއަޅުވައިގެން: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު ހިންގަމުންދައީ ފަނޑިޔާރުން ތަޅުއަޅުވަައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މީގެ 7 އަހަރު ކުރިން ޖޭއެސްސީ ގެ ކޮމްޕޮޒިޝަން ރަނގަޅުނޫން ވާހަކަ ދެއްކުމަށްފަހު އެމްޑީޕީއަށް ވެރިކަން ލިބުމުންވެސް އެކަމަށް އިސްލާހެއް ގެނެވިފައިނުވާ ކަމަށެވެ. އެހެންކަމުން މި ވެރިކަމުގައި އިޙްލާސްތެރިކަމެއް ނެތް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. 2012 އިން 2018 ގެ ރިޔާސީ އިންތިހާބު ނިމެންދެން  ޖޭއެސްސީ އިސްލާހު ކުރުމަށް ދެއްކެވި ވާހަކަތައް އެމްޑީޕީ ސަރުކާރުން ހަނދާންނެތިފައިވާކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އިހުލާސްތެރިކަމަކީ ހެދޭގޯސްތަކަށް އިސްލާހު ނުގެނެވި މި ސަރުކާރުގެ (އެމްޑީޕީ) ވެރިކަން ކުރިޔަށް ގެންދިއުންނޫންކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

”ކިހިނެއްތޯވާނީ އިލެކްޝަން ކޮމިޝަން އެކުލަވައިލެވިފައިވާ ގޮތައް ޖޭއެސްސީ އެކުލަވާލީމަ ކިހިނެއްތޯވާނީ. އަޅުގަނޑައްހީވަނީ ހަމަ އެންމެ ރަނގަޅުވާނެހެން. އިލެކްޝަނަ ކޮމިޝަން އެކުލަވާލާގޮތައް ޖޭއެއްސީ އެކުލަވައިލީމަ ކިހިނެއްތޯ ވާނީ. ހަމަގައިމުވެސް ދިވެހިރާއްޖެގެ އެންމެބޮޑު ސިޔާސީ ޕާޓީގެ ރައީސް ނީންނަވާނެ އޭރަކުން އެތަނަކު. ހަމަ ރަނގަޅުވާނެ ނޫންތޯ. އަޅުގަނޑައް ހީވަނީ ހަމަމިހާރު މަދެއްނުވާނެހެން ހަމަ ފަޙްރުވެރިކަމާއި އެކީ އަބުރު ވެރިކަމާއިއެކީ ރިޓަޔަރ ކުރައްވާފަ ތިއްބެވި ފަނޑިޔާރުންވެސް މަދެއްނުވާނެ. ކިހިނެއްތޯވާނީ. ހަމަރަނގަޅުވާނެ.“ އަލީ ހުސެއިން   .

ސިޔާސީ ނުފޫޒުގެ ދަށުން ޖޭއެސްސީ ހިންގުން އެއީ ރައްޔިތުން ބޭނުންވާގޮތްނޫންކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު އިންނެވުން އެއީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ. އަދި މީގެ އިތުރުން ދަށުކޯޓުގެ 3 ފަނޑިޔާރުން، އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތައް ބެލުންމީ ވަރަށް ބޮޑު މައްސަލްއެއްކަމަށް އަލީ ހުސެއިންގެ ވާހަކަފުޅުގައި ފާހަގަކޮށްލެއްވިއެވެ. 

މި ހިނގަމުންދާ ޤާނޫނުއަސާސީ އަކީ ޓެސްޓްކުރެވި، ފެއިލް ވެފައިވާ މޮޑެލްއެއްގެ ގޮތުގައި އަލީ ހުސެއިން ސިފަކުރައްވައެވެ. ޖޭއެސްސީ މިހާރު ހިނގަމުންދާ އުސޫލުން ބައެއް ފަނޑިޔާރުން ތިބެނީ ތަޅުއެޅުވިފައިކަމަށް އަލީ ހުސެއިން  ތުހުމަތުކުރައްވައެވެ. ޖޭއެސްސީ އޮންނަންޖެހޭނީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ނުފޫޒުގެ ދަށުގައި ނޫންކަމާއި، ޖޭއެއްސީ ވާންވާނީ ސިޔާސީ ޕާޓީތަކުގެ ވަކިތަކުން ސަލާމަތްވެގެން އޮންނަ މިނިވަން މުއަައްސަސާއެއްގެ ގޮތުގައިކަން އަލީ ހުސެއިން ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: