ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ސަބްމެރިން ކޭބަލް އެޅުމަށް އިންޑިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަތަމަ ފަހަރަށް ސަރުކާރުގެ ފަރާތުން ރާއްޖޭގައި އަޅާ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ރާއްޖޭގައި އަޅާ ސަބްމެރިން ކޭބަލް ”މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް“ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.

މިއަދު ހެނދުނު ކްރޮސްރޯޑްގައި ބޭއްވި ރަސްމިއްޔާތެއްގައި ސަބްމެރިން ކޭބަލްގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެސްސީ) ގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ޗެއާޕާސަން ރިޔާޒް މަންސޫރުއެވެ. އަދި ރިލަޔަންސް ޖިއޯ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ ރައީސް އަދި ބޯޑު މެންބަރު މެތިއު އޫމަންއެވެ.

މި އެއްބަަސްވުމުގެ ދަށުން އަޅާ ސަބްމެރިން ކޭބަލް ގުޅާލާނީ ރާއްޖޭގައި އޮންނަ މޯލްޑިވްސް-އައިއޭއެކްސް (އިންޑިއާ އޭޝިއާ އެކްސްޕްރެސް) ކޭބަލާ އެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ އޯޝަން ކަނެކްޓުންނެވެ.

މި ކޭބަލް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޯޝަން ކަނެކްޓުން ބުންޏެވެ. އައިއޭއެސް އިން ހިދުމަތަށް ތައްޔާރު ވާނީ 2024 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖޭގައި އަދިވެސް އިންޓަނެޓުގެ އަގު ބޮޑުކަން ފާހަގަ ކުރެވޭނެ ކަމަށާއި މި ކޭބަލާ އެކު އަގުހެޔޮކޮށް އިންޓަނެޓް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެކި ދާއިރާއިން ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: