ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ އިންޖީނުގޭގެ ފުރާޅުގައި ސޯލާ ހަރުކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީ އިންޖީނުގޭ ފުރާޅުގައި ރޫފްޓޮޕް ސޯލާ ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތަކާއި އެއްގޮތަށް، ހުރިހާ އިންޖީނުގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހަރުކުރާ ސޯލާ އެވެ.

އަދި މިއީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަރަންޓު އުފެއްދުމުގައި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން ސްޓެލްކޯ އިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ ކުންފުނިން ބުނީ، މާފުށީ އިންޖީނުގޭ ފުރާޅުގައި ހަރުކުރާނީ 33.48kWpގެ ރޫފްޓޮޕް ސޯލާ ކަމަށެވެ.

ސްޓެލްކޯ އިން ދަނީ އދ. ކުނބުރުދޫ އިންޖީނުގޭ ފުރާޅުގައިވެސް ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެރަށު އިންޖީނުގޭގެ ފުރާޅުގައި ހަރުކުރަނީ 21.7kWpގެ ސޯލާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: