ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގެ އެތެރޭގައި ހަމަނުޖެހުން އުފެދެނީ ވައުދު ފުއްދާ ސްޕީޑް ލަސްވުމުން: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގައި ހަމަނުޖެހުންތައް އުފެދެނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ ސްޕީޑް ލަސްވާތީކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އިންތި ވިދާޅުވީ އެމްޑީޕީ އަކީ ރައްޖޭގެ ވަރަށް ގިނަ ރަައްޔިތުންތަކެއްގެ އުންމީދުކަމަށާއި އެ ޕާޓިން ކުރާ ކޮންމެ ވައުދެއްވަނީ ހެޔޮ ނިޔަތުގައިކަމަށެވެ. އެމްޑީޕީ ވުޖޫދަށް އައުމަކީ ވަރަށް ގިނަ ދިވެހި ރައްޔިތުންގެ އެދުމެއްކަމުން މި ސަރުކާރު ރާއްޖޭގެ ތަރައްގީއަށް ކުރާ ކޮންމެ ވައުދަކީ ޤައުމަށް ހެޔޮނިޔަތުގައި އަދި ރައްޔިތުންނަށް ފައިދާ ކޮށްދިނުމަށް ވެފައިވާ ވައުދު ތަކެއްކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެމްޑީޕީ ސަރުކާރުން ފަހުގެ ތާރީހެއްގައި އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާ މިންވަރަށް ކޮރަޕްޝަން މައްސަލަތަކާއި، ގެއްލުވާލާފައިވާ ނުވަތަ މަރާލާފައިވާ މީހުންނަށް އިންސާފު ގެނެސްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަތަކަށް އިންސާފު ލިބިގެން ދިއުމަކީ އެމްޑީޕީއަށް ރައްޔިތުންގެ ލޯބި އިތުރު ވެގެން ދިޔަ ކަމެއްކަމަށް އިންތި ވިދާޅުވިއެވެ.

އެމްޑީޕީ ކަހަލަ ސިޔާސީ ބޮޑު ޕާޓީއެއްގައި މެންބަރުން މެދުގައި ޙިޔާލު ތަފާތުވުންތައްވެސް އުފެދިގެން ދާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޖެހޭ ހުރިހާ މައްސަލައަކީ ހައްލުނުކުރެވޭނެ މައްސަލަތަކެއް ނޫންކަން ފާހަގަކުރައްވައި މެންބަރުން މެދުގައި ވާހަކަ ދެކެވިގެންނާއި އެކި މީހުންގެ މަޝްވަރާ ތަކުގެ މަތިން އެމްޑީޕީގެ އެތެރޭގައި ޖެހިފައިވާ ހުރިހާ މައްސަލައެއް ހައްލުވެގެންދާނެ ކަމަށް އިންތި ވިދާޅުވިއެވެ.

” މި ޕާޓީގެ މެންބަރުންނަކީ ހަމަ ހަގީގަތުގަވެސް ކަންކަންފުރިހަމަ ކުރުމަށް އެދޭ ބައެއް. ވައުދުވާއިރުގަ ވައުދުވަނީ ވެސް ހެޔޮ ނިޔަތުގަ. އެހެންވީމަ އެކަންކަން އަޅުގަނޑުމެން ދިވެހި ރާއްޖޭގެ ރައްޔިތުންނަށާއި އަދި ޕާޓީގެ އަށާއި އަދި ޕާޓީގެ އާންމު މެންބަރުން އިންތިޒާރު ކޮށްގެން ތިބި ބާރު މިނުގަަ އެޔަޤީންކަމުގައި އަޅުގަނޑުމެންނަށް އެހާވަރުނުވާތީވެ އެކަހަލަ ކަންކަން ފެނިގެންދަނީ” އިންތި

އެކަހަލަ ހަމަނުޖެހުންތައް ޕާޓީ ތެރޭގައި އޮތީ ވެރިކަން ހޯދުމަށް ވެފައިވާ ވައުދުތައް ރައްޔިތުން ބޭނުންވާ ބާރު މިނުގައި މިސަރުކާރަށް ކުރިޔަށް ނުގެންދެވޭތީކަމަށް އިންތި ވިދާޅުވިއެވެ. މިހާރުވެސް އެމްޑީޕީގެ މެންބަރުން މެދުގައި ޙިޔާލުތަފާތުވުންތައް އެބަހުރިކަމަށާއި މެންބަރުން މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އިންތި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: