ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން، ދިވެހި ފުލުހުންނަށް 2.4 މިލިއަން ރުފިޔާގެ އެހީ

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ދާއިރާ ތަރައްގީކުރުމަށްޓަކައި 2.4 މިލިޔަން ރުފިޔާގެ ތަކެތި ދޭން ޗައިނާއިން ނިންމައިފި އެވެ.

ފުލުހުންގެ އިސްކަންދަރު ބިލްޑިންގައި އިއްޔެ އޮތް ރަސްމިއްޔާތުގެ ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވާން ލީޒީން އެވެ.

ޗައިނާ ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އައިސީޓީޑީ އިންފްރާސްޓްރަކްޗަ ތަރައްގީކުރުމަށްޓަކައި ހަވާލުކުރާ ތަކެތީގެ އަގަކީ 1 މިލިއަން ޔުއާން (2.4 މިލިޔަން ރުފިޔާ) އެވެ.

ޗައިނާ ސަފީރު ވިދާޅުވީ ފުލުހުންނަށް ހަވާލުކުރާ ތަކެއްޗާ އެކު އައިސީޓީޑީ ދާއިރާގެ ކެޕޭސިޓީ ވަރުގަދަކޮށް، މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ހިއުމަން ރިސޯސަސް އާއި ކެޕޭސިޓީ އަދި ވަސީލަތްތައް ތަރައްގީކުރުމުގައި ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މި އަހަރާއި އަންނަ އަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް އަދި ކޯޕަރޭޓް ޕްރައޯރިޓީތައް ކަނޑައަޅާ ނިމިފައިވާ ކަމަށާއި މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ކުރާ މަސައްކަތަށް ޗައިނާ އިން ދޭ ތަކެތީގެ ސަބަބުން ފައިދާވެގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ އައިސީޓީޑީ އިންފްރާސްޓްރަކްޗަ ތަރައްގީކުރުމަށް ޗައިނާއިން ވެދީފައިވާ އެހީތެރިކަމަށްޓަކައި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: