ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ މަހު ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެ އަށް ސީދާ ބަހުގެ ހިދުމަތްދެނީ

މާލެއާއި ހުޅުމާލެ. ހުޅުމާލެ ފޭސް ދޭއެއް އާއި ދެމެދު ބަހުގެ ހިދުމަތްތައް ކުރޭ އަދި އެއާޕޯޓަށް ވެސް ބަސް ދަރުރުތައް ކުރޭ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހިން ސީދާ ދަތުރުތައް އަންނަ މަހު ފަށާ ގޮތަށް އެމްޓީސީސީއިން ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި ގޮތުގައި އަންނަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އެމްޓީސީސީގެ ބަހުގެ ހިދުމަތް ސީދާ ހުޅުމާލެ ދެވަނަ ފިޔަވަހިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އާޒިމް ވިދާޅުވި ގޮތުގައި ޓްރެފިކް މާ ގޯސް ނޫންނަމަ ކޮންމެ އެއްގަޑި އިރަކުން ބަސް އަންނާނެ ކަމަށާއި ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ ފަނަރަ މިނެޓަކުން ދެވަނަ ފިޔަވަހިން މާލެއަށް ބަސް ދަތުރު ތާވަލު ކުރެވިގެން ދާނެއެވެ.

މިވަގުތު މާލެ އާއި ހުޅުމާލެ އިން ދެވަނަ ފިޔަވައްސަށް ސީދާ ދަތުރުކުރާނެ ބަހެއް ނެތުމުގެ ސަބަބުން މާލެއިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކުރާ ބަސްދަތުރު ތަކަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދޭ ރޫޓުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ސީދާ މާލެއަށް އަދި މާލެއިން ސީދާ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދަތުރުކުރެވޭނެ ނިޒާމެއް އަދި ހަމަޖެހިފައެއް ނުވެއެވެ. މިވަގުތު އެ ދަތުރުތައް ކުރަނީ މާލެއިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ވަކި ބަސް ސްޓޮޕްތަކަކަށް ފޭބުމަށްފަހު އެތަނުން ދެވަނަ ފިޔަވައްސަށް ދާން އިތުރު ބަހަކަށް އަރައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: