ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނަމާލެ ޓާރފް ދަނޑުގެ މަސައްކަތް ނުނިމި ލަސްވަނީ ބަޖެޓް ހަމަނުޖެހިގެން: ކައުންސިލަރ

މާލެ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު ސިނަމާލެ ސަރަޙައްދުގައި މާލެ ސިޓީ ކައުންސިލުން އެޅުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ މަސައްކަތް ނުނިމި ލަސްވަމުންދަނީ ފިނޭންސް މިނިސްޓްރީއިން ދޭންޖެހޭ ބަޖެޓް ލިބުން ލަސްވުމާއި ގުޅިގެން ކަމުގައި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރ މަރިޔަމް ރީހާން ވިދާޅުވެއްޖެއެވެ.

ކައުންސިލަރު ރީޙާން ވިދާޅުވީ ޓާރފް ދަނޑު އެޅުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، ލަސްވަނީ ފިނޭންސް މިނިސްޓްރީ އިން މިކަމަށް ބަޖެޓް ހަމަނުޖެހިގެން ކަމަށެވެ.

“ކައުންސިލްގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިމި ކޯ-ލައިން އަށް ވަނީ ރަސްމީކޮށް ހަވާލު ކުރެވިފަ. މިވަގުތު ދަނޑު ހެދުން ލަސްވެގެން މިއުޅެނީ ފިނޭންސް މިނިސްޓްރީ އިން ބަޖެޓް ދޫކުރުން ލަސްވެގެން” ރީޙާން

‎ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި ބަޖެޓް ލިބުނުހާ އަވަހަށް އެ މަސައްކަތް ފެށިގެން ދާނެ އެވެ.

‎ ޓާރފް ދަނޑު ރަމަޟާން މަހަށް ހުޅުވުމަށް ތައްޔާރުވެ ކޯ-ލައިން މޯލްޑިވްސް އާއި މަސައްކަތް ހަވާލުކޮށްފައި ވީނަމަވެސް ދަނޑުގެ ޢަމަލީ މަސައްކަތް ފެށިގެންދާނީ މިކަމަށް ހޭދަވާ ބަޖެޓް ލިބުމުންނެވެ.

ކައުންސިލްގެ އުންމީދަކީ މާލެ ސިޓީގެ ތަރައްޤީ އާއި ގުޅޭ ކަންކަން، ޚާއްސަ ގޮތެއްގައި ރައްޔިތުންނާއި ސީދާ ގުޅުންހުރި މަޝްރޫޢުތައް ވީ އެންމެ ހަލުވި މިނެއްގައި ކޮށް ނިންމުމެވެ. މާލެ ސިޓީ ކައުންސިލުން އިންތިޒާމްކޮށް ރާވާ މިދަފަ މަޝްރޫޢުތަކުން މާލެ ސިޓީގެ ރައްޔިތުންނަށް ފައިދާ ލިބިގެންދާނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ކައުންސިލަށް ލިބިގެން ކަމުގައި އެކައުންސިލުން ހާމަކުރެއެވެ. ކައުންސިލުން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ އެކަމުގެ ޝަކުވާތައް ކައުންސިލުން އަންނަނީ އަބަދުވެސް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: