ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުދޫ ބަނދަރު ހާބަރ ބްރިޖް ކޮލަމްގެ މަސައްކަތް ނިންމާލައިފި

އެމްޓީސީސީން ހުޅުދޫގައި ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ހުޅުދޫ ބަނދަރު ހާބަރ ބްރިޖު ކޮލަމްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީ ޕްރޮޖެކްޓްސް ގެ ދަށުން ކުރިޔަށް ގެންދާ ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫގެ ހާބަރ ބްރިޖް ކޮލަމްގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެ އެވެ. ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓު މަސައްކަތެވެ.

މި މަޝްރޫގެ ދަށުން 88.623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަޜު ފުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުގެ ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި މަގުބައްތި ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީއޮފް ނޭޝަނަލް އެންޑް ޕްލޭނިންގް ހަސއުސިންގް އެންޑް އިންފުރާސްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫގެ އަގަކީ 66.3 މިލިޔަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: