ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބުރައީސް ވަގުތީގޮތުން ރާއްޖޭގެ ވެރިކަމާއި ހަވާލްވެވަޑައިގަތުމަށް ހުވާކުރައްވައިފި

ނައިބު ރައީސް ރައީސް ކަމުގެ ހުވާ ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަގުތީ ގޮތުން ރާއްޖޭގެ ވެރިކަމާއި ހަވާލްވެ ވަޑައިގެންފިއެވެ.

މިއަދު ހެނދުނު 6.00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމަށް ރައީސް ކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ނައިބު ރައީސަކު ރައީސް ކަމުގެ ހުވާކުރެއްވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ ސާޖަރީއެއް ސިންގަޕޫރުގައި މިއަދު ހެނދުނު ކުރައްވާތީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ރަސްމީކޮށް ހަވާލުކުރައްވާނެ ކަމަށް ރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވެފައިވާ ގޮތުން ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރައްވަން ޖެހިވަޑައިގަންނަވާ ސާޖަރީ މިއަދު ހެނދުނަށް ތާވަލު ކުރެވިފަައިވާ ކަމަށާއި ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތު ނައިބު ރައީސާއި ހަވާލުކުރެއްވުމަށް މަޖިލިސްގެ ރައީސްގެ ކިބައިން އެދި ވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން ފަރުވާ ނިމުމާއެކު އެނބުރި މަސައްކަތަށް ވަރަށް އަވަހަށް ނިކުމެ ވަޑައިގަންނަވާނެ ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

ތައިރޮއިޑްގެ އާލާސްކަންފުޅެއްގައި އެމަނިކުފާނު ރާއްޖެއިން ސިންގަޕޫރަށް ފުރާވަޑައިގަންނަވާފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ކަންވެސް ފާހަގަކޮށްލެވެއެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރާންވާނެ ކަމަށެވެ.

އަދި ރައީސް، އެ މަނިކުފާނުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގަންނަވަން ޖެހެނީ ވެސް އެ މާއްދާގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހުއެވެ.

ގާނޫނުއަސާސީގެ 126 ވަނަ މާއްދާގައި ބުނަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާ ކޮންމެ ބޭފުޅަކު، އެ ބޭފުޅެއްގެ މަގާމުގެ ހުވާ ކުރައްވައި ހުވާގެ އިގުރާރުގައި ސޮއިކުރައްވަން ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: