ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާ ވަރާ ބަލާ ސްކޫލްތަކެއް ނެތް: ފައިސަލް

ޤާސިމް ޕްރީސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާ މިންވަރާ ބަލާ އެކަށީގެންވާ މިންވަރަށް ސްކޫލްތައް ބިނާކޮށްފައި ނެތުމުން އެތަކެއް ދަތިތަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގަިއ މީހުން އާބާދުވާންފަށަފައިވާ އިރު އެ ތަނުގައި އަސާސީ ބޭނުންތަށް ފުއްދާނެ ވަސީލަތްތަށް ނެތްކަމަށް ބުނެ ގިނަ ރައްޔިތުންގެ ޝަކުވާ ވަނީ އަމާޒުވެފައެވެ. ދަރިވަރުން ކިޔަވާނެ ސްކޫލެއް ދެވަނަ ފިޔަވަހީގައި ެނތުމުގެ ސަބަބުން ދަރިވަރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ނުވަތަ މާލެއަށް ދަތުރުކުރުމަށް ބޮޑު ތަކުލީފެއް އުފުލަންޖެހެއެވެ.

މިއަދު ހެނދުނު މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުވުމަށް އެ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުން މިހާރުވެސް ދަނީ ހުޅުމާލޭގައި 2 ސްކޫލެއް ބިނާކުރުމުގެ މަސައްކަތްކުރަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މި ސަރުކާރުން ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަމުގައި ވިދާޅުވެ، މި ސަރުކާރުން އެންމެ ބޮޑު ހޭދައެއްވެސް ކުރަނީ ތަޢުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ޢަލީ ފިރާގު އޭނާގެ ބައްޕަ އަލްމަރްޙޫމް މުޙައްމަދު ގާސިމުގެ ހަނދާނުގައި ޢިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ 10 ކްލާސްރޫމާއި، ހޯލު އަދި އިދާރީ ހިންގުމަށް ބޭނުންވާ ކޮޓަރިތައް ހިމަނައިގެން ބިނާކޮށްފައިވާ ސްކޫލަށްޓަކައި އެ ޢާއިލާއަށް ޝުކުރުއަދާކުރައްވައިފައެވެ. ނައިބު ވިދާޅުވީ، މި ސްކޫލު ހުޅުމާލޭ ރައްޔިތުންނަށް މިލިބުނީ އެކަށޭނަ ވަގުތެއްގައި ކަމަށެވެ. އަދި ތަނަވަސްކަމުގެ އަޙުލުވެރިންނަށް މުޖުތަމަޢަށް ފައިދާހުރި ހެޔޮ ކަމެއްކޮށްދެވެން ފުރުޞަތު އޮތް ކޮންމެ ޙާލަތެއްގައި އެކަމެއް އެންމެ އެކަށޭނަގޮތަކަށް ކޮއްދެއްވުމަށާއި، މިއީ ދުނިޔެއާއި އާޚިރަތުގައިވެސް އޭގެ ސަވާބާއި ދަރުމަ އެމީހަކަށް ލިބޭނެކަމެއް ކަމުގައި ވިދާޅުވިއެވެ.

ތަޢުލީމުގެ ޤާނޫނު 10 އޯގަސްޓް 2021 ގައި ތަންފީޒުކުރެއްވުމާއި ގުޅިގެން ޕްރީސްކޫލް ތަޢުލީމަކީ ސަރުކާރުން ހިލޭ ފޯރުކޮށްދޭނެ ޖެހޭ ތަޢުލީމީ މަރުޙަލާއެއްގެގޮތުގައި ވަނީ ހަމަޖެހިފައެވެ. އަދި، ޕްރީ ސްކޫލް ތަޢުލީމަކީ މަޖުބޫރު ތަޢުލީމެއްގެ ގޮތުގައި ކަނަޑައެޅިފައިވާއިރު އެ ޤާނޫނުގެ ދަށުން ޕްރީ ސްކޫލް ތަޢުލީމު ރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ހިލޭ ފޯރުކޮށްދޭންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: