ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެބްރުއަރީ މަހުގެ މިހާތަނަށް 135،000އަށްވުރެ ގިނަ ފަތުރުވެރިން

ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ މަހުގެ މިހާތަނަށް 135،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒްމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭދުވެދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރައްޖެއަށް ވަނީ 151،552 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. އަދި މި ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ވަނީ 135،501 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ.

މިއީ ދުވާލެއްގެ މައްޗައް ބަލައިފިނަމަ ދުވާލަކަށް 5000 އެއްހާ ފަތުރުވެރިންނެވެ. ޖެނުވަރީ މަހަށް ވުރެ ފެބުރުއަރީ މަހު ދުވާލެއްގެ މައްޗައް ފަތުރުވެރިން ޒިޔާރާތް ކުރި އަދަދު ގިނައެވެ.

ފެބުރުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ މަހުގެ 12 ވަނަ ދުވަހުގައެވެ. އެއީ 7668 ފަތުރުވެރިންނެވެ.

2022 ވަނަ އަހަރު މިހާތަނަށް ޒިޔާރާތް ކުރި ފަތުރުވެރިން ރާއްޖޭގައި މަޑު ކޮށްފައިވަނީ 8 ދުވަހާއި 9 ދުވަހާއި ދެމެދުއެވެ.

2019 އަހަރުން ފެށިގެން މިއަދާއި ހަމައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔަރާތް ކުރާ ގައުމުތަކުގެ އެންމެ ފުރަތަމައިގައި ވަނީ ރަޝިޔާއެވެ. ދެން އެއަށްފަހު އޮތީ ޔުނައިޓްޑް ކިންގްޑޮމް އެވެ. މި ލިސްޓްގެ ތިން ވަނައިގައި ހިމެނެނީ އަވަށްޓެރި އިންޑިއާއެވެ.

ރާއްޖެއަށް ދަތުރު ކުރާ ފަތުރުވެރިންގެ ތެރެއިން 72 އިންސައްތަ ފަތުރުވެރިން މަޑުކުރަނީ ރިސޯޓުތަކުގައެވެ. އަދި 20 އިންސައްތަ މީހުން ތިބެނީ ގެސްޓް ހައުސް ތަކުގައެވެ. ބާކީ 8 އިންސައްތަ ފަތުރުވެރިން މަޑުކުރަނީ ހޮޓާތައް ނުވަތަ ސަފާރީތަކުގައެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ހީނަރު ކަމެއް 2020 ވަނަ އަހަރު އައެވެ. 2020 ވަނަ އަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖުލައި 14 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ފަތުރުވެރިން އައުން އޮތީ އެއްކޮން ބަންދު ކުރެވިފައެވެ.

ނަމަވެސް 2019 ވަނަ އަހަރާއި ގާތް ކުރާ އަދަދަކަށް ރާއްޖެއަށް ވަނީ 2020 ވަނަ އަހަރުވެސް މި މެދުކެނޑުމާއި އެކުވެސް ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. މިއާއި ހިލާފައް 2021 ވަނަ އަހަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން އަސަރު ކޮށްފައެވެ. އެގޮތުން ބަލާއިރު ބޮޑު އަދަދަކުން ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: