ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުގެ މަރު: ކަޑިންމަ ރިސޯޓަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓު އޮޕަރޭޓް ކުރުމަށް ކަޑިންމަ ރިޒޯޓަށް ދީފައިވާ ހުއްދަ ޓުއަރިޒްމް މިނިސްޓްރީއިން ހިފަހައްޓައިފި އެވެ.

ޓުއަރިޒްމް މިނިސްޓްރީއިން އާދިއްތަ ދުވަހު ވަނީ އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައިވާ ރިޒޯޓުތަކުގެ ލިސްޓު ބަދަލުތަކަކާއެކު އާންމުކޮށްފައެވެ. އެލިސްޓުގައި 19 ރިޒޯޓެއް ހިމަނާފައިވާއިރު ލިސްޓުގައި ކަޑިންމަ ރިޒޯޓުގެ ނަން ހިމަނާފައެއްނުވެއެވެ.

ކަޑިންމަ ރިޒޯޓުން އެކަނިވެސް، މިހާތަނަށް 60 މީހަކު ޕޮޒިޓިވްވެފައިވާއިރު، ކަޑިންމަ ރިޒޯޓުގައި ކޮވިޑްގެ ކޭސްތަކެއް އުޅޭކަން ފާހަގަވީ އެރިޒޯޓުގައި މަސައްކަތްކުރަމުންދިޔަ އުމުރުން 60 އަހަރުގެ މީހަކު ނިޔާވުމާއި ގުޅިގެން ހެދި ކޮވިޑް ޓެސްޓުން އޭނާ ޕޮޒިޓިވްވިކަން ފާހަގަވުމާއި ގުޅިގެންނެވެ. އޭނާ ނިޔާވީ ގާތްގަނޑަކަށް ދެހަފްތާއެއްހާ ދުވަހު ބަލިވެ އުޅުމަށްފަހުއެވެ. އަދި އޭނާގެ ބަލި ހާލަތު ގޯސްވިއިރުވެސް، ރިޒޯޓުން އެކަން އަންގާފައިނުވާކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން ޓުއަރިޒްމް މިނިސްޓްރީއިން ފިޔަވަޅެއް އަޅާފައިނުވާތީ މީޑިޔާތަކުންނާއި އާންމު ފަރާތްތަކުގެ ފާޑުކިޔުންތައް މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ. އެޗްއީއޯސީ، އެޗްޕީއޭ އަދި ހެލްތް މިނިސްޓްރީއިން އެރިޒޯޓަށް ދިޔުމަށްފަހު އެމައްސަލަ ކޮންމްވެސް ވަރަކަށް ވަނީ ދިރާސާކޮށްފައެވެ. އަދި އެކަމުގައި އިހުމާލެއްވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ނިޔާވީ މީހާގެ ބަލި ހާލަތު ގޯސްވަމުންދިޔައިރުވެސް އެވާހަކަ ހިއްސާކޮށްފައިނުވާކަން އެޗްއީއޯސީއިން ފާހަގަކުރެއެވެ. އަދި އެކިފަހަރު މައުލޫމާތު ހިއްސާކޮށްފައިވަނީ އެކި ގޮތަށްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެމައްސަލަ މިހާރު އަންނަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރަމުންނެވެ. އަދި ހިޔުމަން ރައިޓްސް ކޮމިޝަންއިންވެސް އެމައްސަލަ އަންނަނީ ބަލަމުންނެވެ.

ކަޑިންމަ ރިޒޯޓުން ނިޔާވި މީހާ ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަވީ ނިޔާވުމަށްފަހު ހެދި ޓެސްޓަކުންކަން މިހާތަނަށް ހާމަވެފައިވާއިރު، ނިޔާވި މީހާގެ “ސަން އޮންލައިން”އަށް ކިޔައިދީފައިވާ ގޮތުގައި އޭނާ ނިޔާވީ ގާތްގަނޑަކަށް ދެހަފްތާ ވަންދެން ބަލިވެ އުޅުމަށްފަހުއެވެ. އަދި އެކިފަހަރު މަތިން ފަރުވާއަށް ފޮނުވައިދިނުމަށް އެދިފައިވާކަމަށާއި ހޭނެތިގެން ވެއްޓުނުކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

ރިޒޯޓުތަކުން ކޮވިޑް-19ގެ ކޭސްތައް ފެނި، ބައެއް ހާލަތްތަކުގައި އިހުމާލުވުމުގެ އެކި މައްސަލަތައް ފެންމަތިވަމުންދާއިރު، މިހާތަނަށް މިއިން އެއްވެސް މައްސަލައެއް ތަހުގީގުން ސާބިތުވެފައެއްނުވެއެވެ. އެގޮތުން އެންމެ ފުރަތަމަ ފެންމަތިވި އެފަދަ މައްސަލަކަމަށްވާ ޅ އަތޮޅު ކުރެއްދޫ އައިލަންޑް ރިޒޯޓުން ބަލީގެ އަލާމާތް ހުރި ފަތުރުވެރިއަކު ފުރުވާލި މައްސަލާގައިވެސް ރިޒޯޓުގެ އެއްވެސް މައްސަލައެއް ނުވަތަ އިހުމާލެއް ތަހުގީގަށް ސާބިތުވެފައިނުވާކަމަށް ފުލުހުންނާއި ޕީޖީއިން އޭރު ވަނީ ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: