ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނުއަރީ މަހު ފަތުރުވެރިކަމުގެ ދާއިރާއަށް 43 އިންސައްތައިގެ ކުރިއެރުމެއް

ހުސްވި މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ފަތުރުވެރިކަމުގެ ދާއިރާއަށް 43 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒްމް މިނިސްޓްރީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހުގެ ތެރޭގައި ޖުމްލަ 131،764 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަތުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު 43 އިންސައްތައިގެ ކުރިއެރުމެކެވެ. ހުސްވި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 92،103 މީހުން ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. ޖެނުއަރީ މަހު އެކަނިވެސް ރަޝިޔާއިން ވަނީ 24،464 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ނިސްބަތުން ބަލާއިރު 17.5 އިންސައްތައެވެ. ހުސްވި މަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޔޫކޭ، އިންޑިޔާ، ޖަރމަނީ، އިޓަލީ އަދި ޔޫކްރެއިން ފާހަގަކޮށްލެވެއެވެ.

ރަޝިޔާއިން 24،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ޔޫކޭއިން 14،000އަށްވުރެ ގިނަ ފަތުރިވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އިންޑިޔާއިން 11،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު ޖަރމަނީ އަދި އިޓަލީއިން ވަނީ 10،000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޔޫކްރެއިންއިވެސް ވަނީ 5000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިވަގުތު އޮޕަރޭޝަނަލް އެކޮމޮޑޭޝަން ފެސިލިޓީތަކަށް ބަލައިލާއިރު 167 ރިޒޯޓުތަކުގެ ތެރެއިން 162 ރިޒޯޓެއް އަންނަނީ އޮޕަރޭޝަނަށް ބޭނުންކުރަމުންނެވެ. 819 ހޮޓެލް އަދި ގެސްޓްހައުސް ތަކުގެ ތެރެއިން 633 ތަނަކުން ޚިދުމަތް ދެމުން އަންނައިރު 157 ސަފާރީއެއްގެ ތެރެއިން 146 ސަފާރީއަކުން އަންނަނީ ހިދުމަތް ދެމުންނެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ހުސްވި ޖެނުއަރީ މަހުގެ ތެރޭ 0.64 އިންސައްތަ ފަތުރުވެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލްއާއި ދިމާކޮށް ގިނަ ހަރަކާތްތަކެއް ވަނީ ޓުއަރިޒްމް މިނިސްޓްރީއިން ރާވާފައެވެ. ހުސްވި ޖެނުއަރީ މަހުގެ ތެރޭގައި މިފަދަ ބައެއް ހަރަކާތްތައް ހިންގާފައިވާއިރު ފެބްރުއަރީ މަހުގެ ތެރޭގައިވެސް މިފަދަ ބައެއް ހަރަކާތްތައް ކުރިއަަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ޕެނަލް ޑިސްކަޝަން ފާހަގަކޮށްލެވެއެވެ. “ޓުއަރިޒްމް އަޕްބީޓް: ދަ ޕަޔަނިއާޒް ޓޯކް”ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕެނަލް ޑިސްކަޝަންގައި ފާއިތުވި 50 އަހަރުގެ ތެރޭގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ ވާހަކަތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑިސްކަޝަންގެ ސްޕީކަރުންނާއި ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މިޑިސްކަޝަންގެ ސްޕީކަރުންގެ ގޮތުގައި ބައިވެރިވެލައްވަނީ އެމްޔޫ މަނިކް، ހުސެއިން އަފީފް، މިނިސްޓަރ އަހުމަދު ނަސީމް އަދި 1972 ވަނަ އަހަރު ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕް ގެނައި ޖޯޖް ކޮބިންއެވެ.

ޓުއަރިޒްމް މިނިސްޓްރީއިންނާއި އެމްއެމްޕީއާރްސީ ވިޒިޓް މޯލްޑިވްސް ގުޅިގެން ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާ މާކެޓްތަކަށް ރާއްޖެ އިޝްތިހާރުކުރުމުގެ ޕްރޮމޯޝަނަލް ހަރަކާތްތަކެއް މިވަގުތުވެސް ކުރިއަށްގެންދާއިރު ރާއްޖެއަކީ ކޮވިޑްގެ ހާލަތުގައި ފަތުރުވެރިން އައުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އަންނަނީ ޕްރޮމޯޓްކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: