ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ މިހާތަނަށް 170،000 އަށްވުރެ ގިނަ ފަތުރުވެރިން

ބޯޑަރު ހުޅުވާލިފަހުން ރާއްޖެގެ ފަތުރުވެރިކަން ވަނީ ރަނގަޅުވާން ފަށާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ މިހާތަނަށް 170،000 (އެއްލައްކަ ހަތްދިހަ ހާސް)އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓުއަރިިޒްމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒްމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް 40،218 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޖެނުއަރީ މަހު އެކަނިވެސް 131،764 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

ފެބްރުއަރީ މަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް މިދިޔއަހަރުގެ މިމުއްދަތާއި އަޅާބަލާއިރު ވަނީ 46.8 އިންސައްތަ އިތުރުވެފައެވެ. އަދި މިމަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 4،469 ފަތުރުވެރިން އައިސްފައިވާކަމަށް ވަނީ ތަފާސްހިސާބުތަކުން ދައްކާފައެވެ.

މިމަހުގެ މިހާތަނަށްވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން މިމަހުގެ މިހާތަނަށް 28،468 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ ނިސްބަތުން ބަލާއިރު 16.6 އިންސައްތައެވެ. ރަޝިޔާގެ އިތުރުން ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ތެރޭގައި ޔޫކޭ، އިންޑިޔާ، ޖަރމަނީ، އިޓަލީ އަދި ފްރާންސް ހިމެނެއެވެ. ޔޫކޭއިން މިމަހުގެ ތެރޭގައި 18،000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު އިންޑިޔާ އަދި ޖަރމަނީއިން 13،000އަށްވުރެ ގިނަ ފަތުރުވެރިން ވަނި ޒިޔާރަތްކޮށްފައެވެ. އަދި އިޓަލީއިން 12،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ފްރާންސްއިން 7،000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފެބްރުއަރީ މަހުގެ މިހާތަނަށް މިނިސްޓްރީއިން ކޮށްފައިވާ ފާހަގަކުރެވޭވަރުގެ މުހިންމު ކަންކަމުގެ ތެރޭގައި މިމަހުގެ ފަސްވަނަ ދުވަހު ސަވާދީއްތަ ދަތުރު ފެށުން ފާހަގަކޮށްލެވެއެވެ. ރާއްޖެއަށް އަންނަ ޔޮޓުތަކާއި ގުޅިގެން މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒްމް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ކުރިއަށްގެންދާ ހަރަކާތް ފަށާފައިވަނީ ހއ. ހޯރަފުށިންނެވެ. މިހަރަކާތުގައި ފަތުރުވެރިންނަށް ރާއްޖޭގެ އެކި ރަށްތަކަށް މަޑުކޮށް ރަށްތަކުގެ ސަގާފަތާއި އާސާރީ ތަންތަން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުމަށްޓަކައި ރާޅުގުޑި ކައިޓްބޯޑިން މުބާރާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ ފަހަކުން އަށްވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒްމް ފުޅާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ހަމައެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް ހުރި ފުރުސަތުތައް ޚާއްސަކޮށް އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް ހާމަކުރުމަށްވެސް މިނިސްޓްރީގެ ފަރާތުން ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިމަހުގެ ތެރޭގައިވެސް މިފަދަ ވެބިނަރތަކެއް ކުރިއަށް ގެންގޮސްފައިވާއިރު އެކި ގައުމުތަކަށް އަމާޒުކޮށްގެން މިފަދަ ވެބިނަރތައް މިނިސްޓްރީއިން އަންނަނީ ހިންގަމުންނެނެވެ. އޭގެ ތެރޭގައި ޕާކިސްތާން، ޔޫކޭ، ޖަރމަނީ، ސްވިޒަރލެންޑް އަދި ބެލްޖިއަމް ފާހަގަކޮށްލެވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް އަނެއްކާވެސް ކުރިއަރަމުން އައިކަމުގައިވީނަމަވެސް، ކޮވިޑްގެ ކުރިން އޮތް ހާލަތަށް އަނބުރާ ދިޔުމަށް އަދިވެސް ދުވަސްތަކެއް ނަގާނެކަމަށް ޓުއަރިޒްމް މިނިސްޓްރީއިން ބުނެއެވެ. ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް ރާއްޖެއަކީ ކޮވިޑްގެ ހާލަތުގައިވެސް ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއްކަން އަންގައިދިނުމަށްޓަކައި މިނިސްޓްރީއިންނާއި އެމްއެމްޕީއާރްސީ (ވިޒިޓް މޯލްޑިވްސް)އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: