ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީ ހޯއްދެއްވުމުގައި އެންމެ ކުޅަދާނަ ބޭފުޅަކީ ރައީސް ޔާމީން: އާދަމް ޝަރީފް

ފޮޓޯ/ ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީ އަށް އަދި މާލީ އެހީތެރިކަން ހޯއްދެއްވުމުގައިވެސް އެންމެ ކުޅަދާނަ ބޭފުޅަކީ ރައީސް ޔާމީން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވަހަކަފުޅު ދައްކަވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ތަރައްގީގެ އެތައް ބޮޑެތި އިންގިލާބު ތަކެއް ގެންނެވި ކަމަށާއި ކަން ވާނެ ކަން ދައްކަވައި ދެއްވި ލީޑަރަކީ ރައީސް ޔަމީން ކަމަށް ވިދާޅުވިއެވެ. ބޭރުގައުމަކުން ނަމަވެސް އެހީތެރިކަން ހޯއްދަވައިގެން މި ގައުމުގެ ތަރައްގީއަށް އެމަނިކުފާނު ހުރަސް ނާޅާނެ ކަމުގައި އޭނާ ގަބޫލު ކުރައްވާ ކަން އާދަމް ޝަރީފް ވަނީ ފާޅުކޮށްފައެވެ.

ރައީސް ޔާމީން ގައުމު ތަރައްގީ ކޮއްދެއްވުމަށް ކުރެއްވި ކަންތައްތަކުގެ ތެރޭގައި ބްރިޖްގެ އިތުރުން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުންް މާލެ އާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވާލި ސިނަމާލެ ބްރިޖަކީ މާލެ ސަރަހައްދަށް ގެނެވުނު އެންމެ ބޮޑު އެއް އިންގިލާބީ ބަދަލު ކަމަށް ގިނަ ދިވެހި ރައްޔިތުންނެއް އައީ ބުނަމުންނެވެ. ބްރިޖް އެޅެން މެދުވެރިވީ އެންމެ ބޮޑު ސަބަބަކީ ޗައިނާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެއްވި އެހީއެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ކްރޮސްރޯޑްސް އަކީވެސް ކުރީގެ ރައީސް ޔާމީން ގެ ވެރިކަމުގައި ފަތުރުވެރިކަމުގެ ނިޒާމަށް ގެނައިސްދިން އިތުރު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތުގެ ފުރިހަމަކަން ހުޅުމާލޭގައިވާ ބޮޑެތި އިމާރާތްތަކައް ބައްލަވާލި ނަމަވެސް ފެންނާނޭ ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ކުރިއަށް ގެންދަވާ “އިންޑިއާ އައުޓް” މި ހަރަކާތްވެސް ސަރުކާރުން ގެންގުޅުއްވަނީ އިންޑިއާގެ ފަރާތުން އެހީ ހޯދަން ގެންގުޅޭ ވަސީލަތެއްގެ ގޮތުގައިކަމަށް ދޭހަވާ ފަދަ މޭރުމަކުން އާދަމް ޝަރީފް ވަނީ ވާހަކަ ދައްކަވާފައެވެ.

މިކަމުގެ އިތުރުން އާދަމް ޝަރީފްގެ ވާހަކައިގައި ވަނީ ގައުމުގެ ދިފާއުގައި އެމަނިކުފާނު ކުރައްވާ ހިތްވަރަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން އެމަނިކުފާނުގެ އަމިއްލަ ސިޔާސީ ކެމްޕެއިން އެއް ފަރާތެއްގައި ބާއްވަވާ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރައްވާ މަސައްކަތަށް އާދަމް ޝަރީފް ވަނީ ތައުރީފް ކުރައްވާފައެވެ.

އާދަމް ޝަރީފް މީގެން އިތުރުން އިދިކޮޅުން ރައީސް ޔާމީން އަށް ލިބެމުންދާ އިނާޔަތްތަށް ކަނޑާލުމަށް ގޮވާލާ ގޮވާލުމަށް ރައްދުދެއްވާ ބުނުއްވީ އެމަނިކުފާނު އެކުރައްވާ ބުރަ މަސައްކަތް ތަކައް އިތުރު އިނާޔަތްތަށްވެސް ހައްގުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އާ ޔާނު ތަރައްގީ ވައްކަން ކޮއްގެން 14 ބުރީގެ ގެޔެއް އެބަހަދާ އެވަރައްމީހަކު ތަރައްގީވާނި ދެން އެގޮތައް އެހެންމީހަކު ތަރައްގީ ބޭނުމެއްނުވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: