ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 15 ދަރިވަރަކު ހަންގޭރިއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން: ފޮރިން މިނިސްޓްރީ

ހަނގުރާމައެއް ބޭނުން ނުވާކަމަށް ބުނެ ޔޫކްރެއިންގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން/ ފޮޓޯ: ސީއީޕީއެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރޭންގައި ތިބި 15 ދަރިވަރަކު ހަންގޭރީ އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ފޮރިން މިނިސްޓްރީން ހާމަކޮށްފިއެެވެ.

އެމިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް 15 ދަރިވަރަކު ޔޫކްރޭންގެ ކައިރިން އޮންނަ ހަންގޭރީ އަށް އެއްގަމު މަގުން ދަތުރުކުރަމުން ދާކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން 14 ދަރިވަރަކާއި ބެލެނިވެރިއަކު އިވަނޯގައި ތިބި ކަމަށާއި މީގެ ތެރޭގައި ހާރްކީވްގައި ތިބި ދަރިވަރުންނާއި ނިޕްރޯގައި ތިބި ދަރިވަރުން ހިމެނޭ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ފޮރިން މިނިސްޓްރީ އިން ޔޫކްރޭންގައި ތިބި ދިވެހި ކިޔަވާކުދިން ހަންގޭރި އަށް ބަދަލުކުރުމެގެ މަސައްކަތް ރޭފަށާފައިވާ ކަމަށްވެސް އެމިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ޔޫކްރޭންގައި ތިބި ހުރިހާ ކުދިން ސަލާމަތްތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ފޮރިން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގައި ނިޕްރޯ އާއި ހާކިވް ގައި ތިބި ކުދިން  އެއްގަމު މަގުން ގެނައުމުގައި ދަތިތަކެއް ދިމާވަނީ އެދެ އަވަށް އިރުމަތިފަރާތުގައި އޮތުމުން ކަމަށާއި ނަމަވެސް އެތަނުގައި ތިބި ކުދިންނާއި ހުރިހާ ކުދިން އެއްކޮށް ހަންގޭރި އަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ދިވެހި ކުދިން ތިބި ސަރަހައްދު ތަކުގެ އެއަރ ޕޯޓްތަކަށް ރަޝިޔާ އިން ބޮން އަޅާފައިވުމުގެ ސަަބަބުން ވައިގެ ދަތުރުތައްވެސް ވަނީ ހުއްޓާލާފައި ކަމަށް އެސަރަހައްދުގައި ތިބި ކުދިން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: