ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި އައުޓްޑޯ ފުޑް ކޯޓެއް ތަރައްގީ ކުރުމަށް ޕްރޮޕޯސަލް ހުށައެޅުމަށް އިއުލާން ކޮށްފި

މާލޭގައި މިއަދު ހުޅުވާފައި ހުންނަ ފުޑް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އައުޓްޑޯ ފުޑް ކޯޓެއް ތަރައްގީ ކުރުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އައުޓްޑޯ ފުޑް ކޯޓު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށް އެދި ހުށައަޅާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގު 36 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ. މި ހުށައެޅުން ފާސް ވެގެން ދިޔައީ އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުންނެވެ.

މި ފުޑް ކޯޓަކީ މާލޭގެ ލޭންޑް ޔޫޒް ޕްލޭންހެދުމުގެ މަޝްވަރާތަކުގެ ތެރެއިން ހެންވޭރުގައި ބޭއްވުނު ބައްދަލުވުމެއްގައި ކައުސިލުން ހެންވޭރުގެ ރައްޔިތުންނަށް ހުށައެޅި ހުށައެޅުމެކެވެ. މި ފުޑް ކޯޓް އެޅުމަށް މޭޔަރ މުޢިއްޒު ލަފާ ދެއްވީ ދަރުބާރުގޭ ކައިރިން އިރަށް އޮންނަ ބިމުގައެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ ޒުވާނުންނާއި އަންހެން ކަނބަލުންނަށް ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބޭ ގޮތަށެވެ.

މިއީ ކުޑަކުޑަ އިންވެސްޓްމެންޓް އަކުން ކުރިއަށް ގެންދެވޭނެ ފީސިބްލް ކަމެއްގެ ގޮތުގައި މޭޔާރ މުއިއްޒު ވަނީ ސިފަ ކުރައްވާފައެވެ. ލޯނެއް ނެގި ކަމުގައި ވީނަމަވެސް މަހެއްގެ މައްޗަށް 3 ލައްކަ ރުފިޔާގެ އާމްދަނީ އަކާއިއެކު މެކްސިމަމް 2 އަހަރު ދުވަހުން ލޯން ރިކަވަރ ކުރެވޭނެ ކަމުގައިވެސް މޭޔަރ ފާހަގަ ކުރެއްވިއެވެ.

މިގޮތުން މިކަމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން ކަމާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް bdu@malecity.gov.mv  އަށް މެއިލް ކުރެވޭނޭ ކަމަށް މި އިއުލާނުގައި ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ޒުވާނުންނާއި އަންހެން ކަބަލުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދައި ދިނުމަށް ބަޔާން ކޮށްފައިވާތީ މިތަން ލިބޭ ފަރާތްއް ކނޑައަޅާއިރު މި މަގުސަދުވެސް ހާސިލްވެގެން ދާނެ ކަމަށް މޭޔަ މުޢިއްޒު ވިދާޅުވިއެވެ.

މިކަމާއި ގުޅޭ ކަންކަން ރޭވިފައިވާ ގޮތައް ހިގައްޖެނަމަ ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ފުޑް ކޯޓް ހުޅުވާލެވޭނެ ކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ޕްރޮޕޯސަލް އެދި ހުށައަޅާ ސަބްމިޝަން ފޯރމް އަދި ޕްރޮޖެކްޓާ ގުޅޭ އާރު.އެފް.ޕީ ދިވެހި ރާއްޖޭގެ ގެޒެޓުގައިވާ އިއުލާނާ  އެކު ވަނީ އެއްކަރުދާސް ކޮށަފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: