ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒޭއިނާ އަކީ ހިއްވަރުގަދަ ފަހުލަވާނެއް: ސައީދު

ފެނަކަ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމް އަކީ އަންހެން ބޭފުޅުންނަށް ހުރި ލާމަސީލު ނަމޫނާއެއްކަން ގައްދޫ ދާއިރާގެ ރައީސް އަދި ފެނަކައިގެ މެނޭޖިން ޑައިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރެ އިންތިހާބަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ކެންޕެއިން ލޯންޗްކުރުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ސައީދު ވިދާޅުވީ މި ރާއްޖޭގައި ވެރިކަން ކޮށްފަތިބި ވެރިން އެކަން ކޮށްފައިވަނީ އަނިޔާވެރިކަމާއި ،ނުފޫޒާއި، ބާރުން ކަމަށެވެ.

އެވަގުތު ތަކުގައި އެމްޑީޕީގެ އަންހެން ވެރިން ކުރީސަފުގައި ހަރަކާތްތެރި ވުމަށް އަންހެން ކަނބަލުންނަށް އެއްބަރުލުން ދެއްވީ ރޮޒެއިނާގެ މޭސްތިރިކަމުގެ ދަށުންކަން އެމްޑީ ސައީދުގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ. ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވިޔަސް ލޯމަތިން ފެންނަ ކަންތަކުން، ކަންކަމުގައި ރޮޒެއިނާގެ ގާބިލިއްޔަތު ހުރި މިންވަރު ވަރަށް ރަނގަޅަށް ފެންނަކަމަށް އެމްޑީ ސައީދު ވިދާޅުވިއެވެ.

“އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް. އަންހެން ކަނބަލުންގެ މަސައްކަތްތައް ރުކުރުވާލާ އަޅުގަނޑުމެންނަށް ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ އަންހެން ލަޝްކަރު ކުރަމުންދާ މަސައްކަތް ހެޔޮގޮތުގައި އަޅުގަނޑުމެންނަށް ދާނެ ކަމާއި މެދު ކުޑަވެސް ޝައްކެއްނެތް. އަޅުގަނޑުމެން މިތައްޔާރުވަނީ 2023 ވަނަ އަހަރުގެ އޮންނަ ރިޔާސީ އިންތިހާބަށް. މި އިންތިހާބަށް އަޅުގަނޑުމެން ތައްޔާރުވަމުންދާއިރުގަަ އަޅުގަނޑުމެންގެ ޕާޓީގަ މިކަމަށް ފިސާރި ކެރޭ ހިންގުންތެރި ވިސްނުންތޫނު ލީޑަރެއް އަޅުގަނޑުމެން އިސްކުރުމަކީ އެއީ އަޅުގަނޑުމެންގެ ޕާޓީއަށް ނުހަނު މުހިންމު ކަމެއް.” އެމްޑީ ސައީދު

އެމްޑީޕީއިން ކުރިއަށްގެންދާ އެކި ހަރަކާތްތަކުގައި ރޮޒެއިނާއަކީ އަބަދުވެސް އިސް ސަފުގައި މަސައްކަތް ކުރައްވާ ޖެހިލުންކުޑަ އަންހެން ފަހުލަވާނެއް ގޮތުގައި ސައީދު ފާހަގަ ކުރެއްވިއެވެ. ރޮޒެއިނާއަށް ތައުރީފުކުރައްވާ ސައީދު ވިދާޅުވީ، ރޮޒެއިނާ އިސްކޮށް ހުންނަވައި އެމްޑީޕީގެ އަންހެން ލަޝްކަރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހެޔޮ ގޮތުގައި ކުރިއަރުވާނެ ކަމުގެ ކުޑަވެސް ޝައްކެއްނެތްކަމުގައެވެ.

އެމްޑީޕީ “އަންހެނުންގެ ރޫހު”ގެ ރައީސާއަކަށް ރޮޒެއިނާ ހޮއްވަވައިފިނަމަ އެކަމުން އަންހެން ކަނބަލުންނަށް އެތައް ގޮތަކުން ކުރިއަރާދާނެ މަގުތައް ފަހިވެގެން ދާނެ ކަމުގައި ސައީދު ވިދާޅުވިއެވެ. އަދި އެކަމުން އަންހެން ކަނބަލުންނަށް ލިބިގެންދާނީ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއްކަމުގައެވެ. މީގެ އިތުރުން، ރޭގެ ޖަލްްސާގައި ބައިވެރިވި އެމްޑީޕީ ސަޕޯޓަރުންގެ ކިބައިން އެމްޑީޕީގެ ރީދޫ ލަޝްކަރުގައި ރޮޒެއިނާ “އަންހެނުންގެ ރޫހް” ގެ ރައީސާ އަކަށް ހޮއްވެވުމަށް އެހީތެރިވެދިނުމަށް ސައީދު އެދިލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: