ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު އެލަވެންސަކާއި އެކު ޑޭޓާ ސައިންސް ޕްރޮފެޝަނަލްސް ޕްރޮއްރާމްއެއް!

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑު އެލަވެންސަކާއެކު ޑޭޓާ ސައިންސް ޕްރޮފެޝަނަލްސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްއަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކުރާ މުއްދަތުގައި މަހަކު 20،800 ގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ތިން އަހަރުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގަރާމްގައި 5 މީހަކަށް ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ޕްރޮގްރާމް ކުރިޔަށްގެންދަން ނިންމާފައި ވަނީ އަންނަ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތު ތަކުގެ ތެރެއިގައި ސްޓެޓިސްޓިކްސް، އިކޮނޮމިކްސް، ސައިންސް، މެތަމެޓިކްސް، ބޭންކިންގް، ކޮމްޕިއުޓަރ އަދި އެކައުންޓިންގެ ދައިރާތަކުގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލް ކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ.

މާސްޓާސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވާ ފަރާތެއްކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޕްރޮގްރާމަށް މީހުން ހޮވުމުގައި އިންޓަވިއު އެސެސްމަންޓާއި، އެކަޑެމިކް ސްކޯ އާއި، މަސައްކަތުގެ ތަޖްރިބާއަށް ބަލާނެއެވެ. އެޕްލިކޭޝަން ހުށަހެޅުމަށް innovation.hub@mma.gov.mv އަށް އީމެއިލްކުރުމަށް އެމްއެމްއޭއިން ވަނީ އެދިފަ އެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ މާޗް މަހުގެ 15 ވަަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: