ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރޭން ޓޫރިސްޓުންގެ ވިސާ އިތުރުކޮށްދޭން ނިންމައިފި

ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިތުރު މުއްދަތަކަށް ތިބެން ބޭނުންވާ ޔޫކްރޭން ފަތުރުވެރިންގެ ވިސާ އިތުރުކޮށްދޭން ނިންމައިފި އެވެ.

އިމިގްރޭޝަނުން ބުނީ އެ ގައުމުގެ ހާލަތު ހުރި ގޮތުން ރާއްޖޭގައި މަޑުކުރަން އެދޭ ފަތުރުވެރިންނަށް ވިސާ އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ވިސާ ހަމަވުމުގެ ކުރިން އިމުގާ ޕޯޓަލް މެދުވެރިކޮށް ވިސާ އަށް އެދުމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިވަގުތު ރާއްޖޭގައި ރަޝިޔާގެ 8000 ފަތުރުވެރިންނާއި، ޔޫކްރޭނުގެ 750 ފަތުރުވެރިން އެބަތިބި އެވެ.

މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިއާ އިން ޔުކްރޭނަށް ވައިގެ މަގުންނާއި އެއްގަމުން ހަމަލާތައް ދޭން ފަށާފައިވާއިރު މި ހަމަނުޖެހުންތަކުގައި މިހާތަނަށް ޔުކްރޭނުގެ 190 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: