ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކި މައްސަލަތަކުގައި 45 ބިދޭސީއަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެކި މައްސަލަތަކުގައި 45 ބިދޭސީ އަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި މީހުން ހާޒިރުވާން އަންގާފައި ވަނީ “އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރެޕަޓްރިއޭޝަން ޑިވިޝަން” އަށެވެ. އަދި ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެ ޑިވިޝަނަށް ހާޒިރުވާން އިމިގްރޭޝަނުން ވަނީ އެ މީހުންނަށް އަންގައިފައެވެ.

މި މީހުންނާ ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލަތަކެއް ކަމެއް އިމިގްރޭޝަނުން ނުބުނެއެވެ.

ފޮޓޯ އާއި ވަނަވަރު ހާމަކޮށް ހޯދަން އިއުލާންކުރި ބިދޭސީންގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ ދެ ޖިންސްގެ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، ތައިލޭންޑް، ފިލިޕީންސް، އިތިއޯޕިއާ، އިނގިރޭސިވިލާތް، ނައިޖީރިއާ އަދި އިޓަލީ ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: