ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްތައް ކުރާ މީހުންނަށް ހާއްސަކޮށްގެން ޖެނެރަލް ރިހެބިލިޓޭޝަން ޕްރޮގްރާމްއެއް ހިންގަނީ!

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި ކުށްތައް ކުރާ މީހުންނަށް ހާއްސަ ކޮށްގެން ޖެނެރަލް ރިހެބިލިޓޭޝަން ޕްރޮގްރާމްއެއްވެސް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ބަންދު ކުރާ މީހުންނަށް ދޭން ޖެހޭ ފަރުވާގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ވަނީ ފަށާފަ އެވެ.

ޤާނޫން ނަމްބަރު 17/2011 ގެ ދަށުން ރާއްޖޭގެ ޖަލުތަކުގައި ފުރަތަމަ ފަހަރަށް މި ޕްރޮގްރާމް ފަށައިފައިވަނީ މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ 40 ގައިދީއަކާއި އެކު އެވެ. މި ޕްރޮގްރާމް އެކުލަވާލައިފައި ވަނީ ޖުމްލަ 4 ހަތަރު މަރުހަލާއަކަށެވެ.

އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މި ޕްރޮގްރާމްގެ ވެގެން ދާނީ ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. މިނިސްޓާރ އިތުރަށް ފާހަގަ ކުރެއްވީ ޕްރޮގްރާމްގެ ސީދާ އަދި ނުސީދާ ހެޔޮ އަސަރު ކޮންމެ ޢާއިލާއަކަށް ހެން ކުރާނެކަމަށާއި ޖަލުގައި ކަސްތަޅު އެޅުވި ބިކަވެ މާޔޫސްވެފައިވާ އާއިލާ ތަކަށާއި ކުށުގެ ވެއްޓެއްގައި ބަންދުވެފައި ތިބެން ޖެހުނު ޒުވާނުންގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވާހަކައިގައި ވިދާޅުވީ މިއީ އެތައް ބުރަ މަސައްކަތަކުން ފެށެން މެދުވެރިވީ ޕްރޮގްރާމްއެއް ކަމާއި މި ޕްރޮގްރާމްއަށް މިނިސްޓްރީ އޮފް ޙެލްތްގެ އެހީތެރިކަން ލިބިގެން ދިޔަ ކަމަށެވެ.

މީގެ އިތުރުން ޤާނޫނުގައި ބަޔާންކުރާ ފަދަ ޑިޓޮކްސިފިކޭޝަން މަރުކަޒެއް ޤާއިމުކުރުމަށް، މެޑިކަލް ސެންޓަރަށް ބޭނުންވި ބަދަލު ގެނެސް، ބޭނުންވާ އިކްއިޕްމަންޓާއި ބޭސް ހޯދައި، ހިންގުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމުގެ ގޮތުން ޚާއްސަ އެސްއޯޕީއެއް އެކުލަވާލާފައިވާކަން ވެސް ކޮމިޝަނަރ ގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

ކުދި ކުށްތައް ކުރާ މީހުންނަށް ހާއްސަ ކޮށްގެން ޖެނެރަލް ރިހެބިލިޓޭޝަން ޕްރޮގްރާމްއެއްވެސް ޑިޒައިން ކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށް ކޮމިޝަނަރ ހާމަ ކުރެއްވިއެވެ. މި ޕްރޮގްރާމްގައި ލައިފްސްކިލްގެ އިތުރުން އެހެން ބައިތައްވެސް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.

ކަމަށް އެކަށޭނެ ފަންނީ ދާއިރާތަކުގެ މުވައްޒަފުން މިއަހަރުގެ ތެރޭގައި މިކަމަށްޓަކައި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައިވެސް އަޙްމަދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް މި ޕްރޮގްރާމް އަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ފާހަގަ ކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ އެކަންކަމުގެ މަސައްކަތް ކުރިއަށް ގެންދަވަމުން ދާކަމުގައެވެ.

މި ޕްރޮގްރާމް އިންތިޒާމް ކޮށް ކުރިއަށް ގެންދިޔުމަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި މިނިސްޓަރީ އޮފް އިސްލާމިކް އެފެއަރޒް އާއި މިނިސްޓްރީ އޮފް ޙެލްތްއިން ދެއްވާ އެއްބާރުކުން ފާހަގަކުރައްވައި އެ ފަރާތްތަކަށް އިހްލާސްތެރި ޝުކުރެއް ކޮމިޝަނަރ ވަނީ އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: