ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ނުރަގަނޅު އަސަރުކުރާތީ މާލެ ޖަލު ބަންދުކޮށްފި

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރުމަންތަ ސްކޫލުގެ ދަރިވަރުންނަށް ނުރަނގަޅު އަސަރު ކުރާތީ މާލޭގެ ޖަލު ބަންދު ކުރި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު މާލޭ ބޮޑު ތަކުރުފާނު މަގުގައި ހުންނަ މަލޭ ޖަލު، ސަރުކާރުގެ ޕޮލިސީތަކާއި އެއްގޮތަށް ބަންދު ކުރުމަށް ނިންމައި، މިއަދުން ފެށިގެން ޖަލު ބަންދު ކޮށްފައިވާ ކަމަށެވެ.

ޖަލު ބަންދު ކޮށްފައިވަނީ ޖަލު ޖެހިގެން ހުންނަ ދަރުމަވަންތައް ސްކޫލުގެ ދަރިވަރުންނަށް ނުރަނގަޅު އަސަރު ކުރަމުން އަންނާތީ، ކަމާއި ބެހޭ ފަރާތްތަކުން މަޝްވަރާ ކުރުމަށްފަހު ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. ޖަލު ބަންދު ކުރުމާއި ގުޅިގެން އެތަނުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނެފައިވަނީ ޖަލު ބަންދު ކުރުމުން އާންމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް އެ އިމާރާތުގެ ކައުންޓަރުން ލިބެމުންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 91%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު މާލޭ ބޮޑު ތަކުރުފާނު މަގުގައި ހުންނަ މަލޭ ޖަލު، ސަރުކާރުގެ ޕޮލިސީތަކާއި އެއްގޮތަށް ބަންދު ކުރުމަށް ނިންމި ނިންމުމާ އެއްގޮތަށް އަދި ކިރިޔާ އެކަން ކުރެވުނީ؟ ސާބަސް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: