ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ގޭބަންދަށް ބަދަލެއް ނުކުރޭ

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭ ބަންދަށް ބަދަލުކޮށްފައި ނުވާކަމަށަ ކަރެކްޝަންސްއިން ބުނެފިއެވެ.

ރިޝްވަތު ހިދުމާއި، މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ކުށޫގައި 5 މިލިއަން ޑޮލަރު ރައީސް ޔާމީން ޖޫރިމަނާވެސް ކޮށްފައިވާއިރު، އެމަނިކުފާނުގެ ފަޜާތުން ވަނީ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށާއި، އަދި ޖޫރިމަނާ ފައިސާ ދެއްކުން ލަސްކޮށްދިނުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އަދަބު ފަސް ކުރެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފައިވާއިރު، ހައި ކޯޓުންވެސް މި އަމުރު ނެރެދީފައިނުވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ވަނީ ނެރެފައެވެ. މި އަމުރު ނެރުމާއިއެކު، ރައީސް ޔާމީން ގެ ބަންދަށް ބަދަލުކުރިކަމުގެ ވާހަކަތައް ފެތުރުނެވެ. އެއާއިއެކު މިކަން ދޮގުކޮށް ކަރެކްޝަންސްއިން ބުނީ، މިއީ ސައްހަ ނޫން މައުލޫމާތެއްކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: