ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އެމްއެންއެފް އޮފީހަށް ވަޑައިގަތުން؛ ކަރެކްޝަންސްއިން ބުނީ ފިޔަވަޅު އަޅާނެކަމަށް

ރައީސް ޔާމީން އަދި ޖަމީލް މިރޭ ޕީއެންއެފް އޮފީހުގައި. ފޮޓޯ: މަލީހް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދުމަށް މަސައްކަތް ކުރަމުންދާ ޕާޓި ޕީޕަލްސް ނޭޝަނަލް ފްރޮންޓު (އެމްއެންއެފް)ގެ އޮފީހަށް ވަޑައިގަތުމުން އެކަންބަލައި ފިޔަވަޅު އަޅަންޖެހޭ ހާލަތުގައި ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ރައީސް ޔާމީން އެ އޮފީހަށް ވަޑައިގެންފައިވަނީ އެމްއެންއެފް އުފެދުމަށް ބޭނުންވާ ފޯމުތަށް ފުރުމުގެ މަސައްކަތް ކުރިއަށް ދިއުމުން އެކަން ބެލުމަށެވެ. ރޭ 9:53 ގައި މުހައްމަދު މަލީހް ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޔާމީން އެޕާޓީގެ އޮފީހުގައި އިންނެވިކަންވަނީ ހާމަކުރައްވާފައެވެ.

ކަރެކްޝަންސްއިން “ސަންގުން” ސުވާލު ކުރުމުން ވިދާޅުވީ މީގެ ކުރިންވެސް ޕާޓިގެ ބައްދުލުވުމެއްގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންފައިވާތީ އިންޒާރު ދީފައިވާނެކަމަށެވެ. އެހެންނަމަވެސް މިހާރު ކުށް ތަކުރާރު ވެފައިވާތީ އެކަން ބަަލައި ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި އަޅާނެކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދީފައިވެއެވެ.

ރައީސް ޔާމީންގެއަށް ބަދަލުކޮށްދެއްވާފައިވަނީ ސިއްހީ ހާލުކޮޅު ހުންނެވިގޮތުން ޑޮކްޓަރަށް ދެއްކުމަށެވެ. އެހެނެކަމުން އެމަކުފާނަށް މީހުން އެއްވެ އުޅުއްވާ ތަންތަނުގައި އުޅުމަކީ މަނާކަމެކެވެ. އަދި ޕްރެސްތަކާއި ބައްދަލުވުން ތަކުގައިވެސް ބައިވެރިވުމަކީ މަނާކަމެކެވެ.

މީގެއިތުރުން ހުރަފާގޭގެ ތިންވަނަ ފަންގިފިލާގައި ޕީއެންއެފްގެ އޮފީހުގައި މަސައްކަތްތައް ކުރިއަށްދާއިރު ޕީޕީއެމްގެ އޮފީސްވަނީ ހަމަ އެގޭގެ އެއްވަނަ އަދި ދެވަނަ ފަންގިފިލާގައެވެ. އެހެން ނަމަވެސް އެފޯސް ހުސްކުރުމަށް ގޭގެ ވެރި ފަރާތުން އަންގާފައިވާކަމުގެ ސިޓީއެއްވަނީ ފޮނުވާފައެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: