މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ހެންވޭރު ގެއްގައި އަންހެނަކަށް އަނިޔާކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރި ވެފައިވާކަމަށެވެ.
އަނިޔާ ކުރި ކަމަށް ބެލެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މައްސަލައާ ގުޅޭ އިތުރު ތަފްސީލް ނުދީ ފުލުހުން ބުނީ އެކަން ބަލަމުންދާ ކަމަށެވެ.

