ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމިރު ވަޒީފާއިން ވަކި ކުރީ ރައީސް އޮފީހަށް ލިބުނު ޕެޓިޝަންތަކެއް ބެލުމަށް ފަހު: މަބްރޫކް

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގާމެއްގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަމާއި ގުޅުންހުރި ކަންކަމަށް ބެލުމަށްފަހު އެފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކާއި ގުޅުވައިގެން ސިޔާސީ މަގާމެއްގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކު މިއަދު ވިދާޅުވީ މައްސަލައިގައި ޝާމިލްވާ މުވައްޒަފާމެދު ސަރުކާރުން ފިޔަވަޅު އަޅާފައިވަނީ އެފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ހިލާފަށް އަމަލުކުރަމުންދާ ކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގެ ސިފައިގައާއި، އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ ޒަރީޔާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިފައިވުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި، އެފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަމުގައެވެ.

އިންތިހާބަށް ނުފޫޒުފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރުމަކީ، މިސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުކުރާ އަދި އަމަލުކޮށްފައިވާ ގޮތެއް ނޫންކަމުގައިވެސް މަބުރޫކު ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތަކަކީ މިސަރުކާރު އަބަދުމެ ކުށްވެރިކުރާ، ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ކަންކަން ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެމީހަކު ބޭނުންވާ ފަރާތަކަށް ތާއީދުކުރުމާއި ވޯޓް ލުމަކީ ކޮންމެ ފަރުދަކަށް އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށްވެސް އޮތް ހައްގަކަށްވީހިނދު އެހައްގަށް އެއްވެސް އުނިކަމެއް އަންނާނެ ފަދައެއްވެސް އަމަލެއް ދިމާވެފައިވާނަމަ އެކަމެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށްވެސް މަބްރޫކު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މަބްރޫކު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީގެ ޖަލްސާގައި ވަޒީފާގެ ބިރުދެއްކުމާއި ވަޒީފާއިން މީހުން ވަކިކުރާ ކަމަށް ބުނެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުއްލި މައްސަލައެއް ހުށައަޅި އެ މައްސަލައިގައި މެދު މެމްބަރުން ބަހުސްކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މެމްބަރު ވަހީދުގެ ކުއްލި މައްސަލަ އަކީ އެ ދާއިރާގެ ދުވާފަރު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން ދިޔަ އެމްޑީޕީއަށް ނިސްބަތްވާ  މީހަކު ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ހުށައެޅުނު މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާ އަދާ ނުކުރާނަމަ އެއީ ކޮންމެ ޕާޓީއެއްގެ މީހަކަސް މަގާމުން ވަކި ކުރަން ޖެހޭކަމަށް ބުނެފަ އެވެ. އެކަމާއި ދެކޮޅު ހަދައި ރައީސް މުހައްމަދު ނަޝީދާއި އަރިސް މެމްބަރުން ވިދާޅުވީ އާމިރު ވަޒީފާއިން ވަކި ކުރީ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަނަކަށް އިމްތިޔާޒް ފަހުމީއަށް ތާއީދު ކުރުމުން ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: