ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ޕާޓީން ބޭރުކޮށްގެން ހޯދޭނެ ވެރިކަމެއް ނޯންނާނެ: ދޮންބިލެތް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލީހުގެ މެމްބަރުން އެމްޑީޕީ އޮތީ ހިސޯރުކޮށްފައިކަމަށް ބުނެ ނުސީދާ ބަހުގެ ހަމަލާތައް ދެނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށްކަމަށާއި، އެމަނިކުފާނު ޕާޓީން ބާކީކޮށްގެން ލިބޭނެ ވެރިކަމެއް ނެތްކަމަށް ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް، ނުފޫޒުތަކެއް ފޯރުވުމަށް މަސައްކަތްކޮށް ވަޒީފާގެ ބިރު ދައްކާކަމަށް ބުނެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. ވައްޑެ ހުށަހެޅުއްވި ކުއްލި މައްސަލައަކީ، ޗެއާޕާސަނަކަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ޓީމުން އިމްތިޔާޒް ފަހުމީއަށް ތާއީދު ކުރާ މީހުންނަށް ވަޒީފާގެ ބިރު ދައްކަމުން ގެންދާކަމަށް ބުނާ މައްސަލަ އެކެވެ.

އިންތިހާބާއި ގާތްވެފައި ވަނިކޮށް، ރ. ދުވާފަރުގެ ސިއްހީ މަރުކަޒުގައި ސީނިއާ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ހުންނެވި އާމިރު އަހުމަދު ވަޒީފާއިން ވަކި ކުރި މައްސަލަ އެމްޑީޕީގެ އެތެރޭގައި ބޮޑުވެފައިވާއިރު މިއަދުގެ މަޖިލީހުގައި ބައެއް މެމްބަރުން ވަނީ ވަޒީފާގެ ބިރު ދައްކައިގެން އިންތިހާބެއް ކާމިޔާބު ކުރަން މަސައްކަތްތައް ކުރާނަމަ 2023 ގެ މަތީން ޖެހޭނީ ހަނދާން ނައްތާލަން ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ދޮންބިލަތް ވިދާޅުވީ ދުވާފަރު އާމިރު ވަޒީފާއިން ވަކި ކުރުމަކީ މުޅި ޕާޓީއަށް ލިބުނު ހިތްދަތި ކަމެއް ކަމަށެވެ. ދުވާފަރު ދާއިރާގައި ބާރަސަތޭކަ އެއްހާ މެމްބަރުން ތިބިއިރު ގެއްލިގެންދިޔައީ 1152 މެމްބަރުންގެ ހައްގު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ޕާޓީ ދޫކުރައްވައި ވަޑައިގެންފިނަމަ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވިދާނެ ކަމުގެ އިޝާރާތެއް ކުރައްވައި ދޮންބިލަތް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވެއްޓިގެން ދިޔައީ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫކޮށްލުމުން ކަމުގައެވެ.

“ބައެއް ބޭފުޅުންނަށް އެބަ ވިދާޅުވޭ އަބަދަކު ޕާޓީ ހިސޯރުކޮށްގެންނެއް ނުހުރެވޭނެ. އެވިދާޅުވަނީ ރައީސް ނަޝީދުގެ ވާހަކަ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައީސް ނަޝީދު މި ޕާޓީން އަޅުގަނޑުމެން ނެރިގެން މިޕާޓީ އަށް ލިބޭނެ މާ ބޮޑު މޮޅެއް ނޯންނާނެ. ރައީސް ޔާމީންގެ ވެރިކަން ވެއްޓި ދިޔައީ ރައީސް މައުމޫނު ދޫކޮށްލީމަ. އެހެންވީމަ އަޅުގަނޑުމެންނަކަށް ރައީސް ނަޝީދު ދޫކޮށްލާފަ އަޅުގަނޑުމެންނަށް ހޯދޭނެ ވެރިކަމެއް ނޯންނާނެ. އެއީ އޮޅިގެން އެއުޅެނީ. ވަރަށް ބޮޑަށް އޮޅިގެން އެއުޅެނީ. އެހެންވީމަ އަޅުގަނޑު ހިތަށް އަރާ މިކަހަލަ ވާހަކަ ދައްކަވާއިރުގައި އެބަ ވިސްނަންޖެހޭ.” ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް

ބިލަތްދޫ ދާއިރާގެ އެއްވެސް ތަނަކަށް ވަޒީފާއިން ވަކިކުރުމަށް ގުޅާ ނުލެވޭނެކަމަށާއި ގުޅައިފި ނަމަ ވަޒީފާއިން ކަނޑާލާ ބަޔަކާއެކު ހުންނާނީ ވަޒިފާއިން ކެނޑިގެން ކަމުގައި ދޮންބިލަތް ވިދާޅުވިއެވެ.

މީގެ އިތުރުން ބިލަތްދޫ ދާއިރާގެ މީހަކު ކަނޑާލަން ޖެހޭނީ އޭނާ ކަނޑާލުމަށް ފަހުގައި ކަމަށާއި މި އިންތިހާބާއި ގުޅިގެން އެ ދާއިރާ މެމްބަރުން ކަނޑާލެވޭނެކަމަށް ގަބޫލު ނުކުރައްވާ ކަމުގައިވެސް މެމްބަރު ހަލީމް ވިދާޅުވިއެވެ.

“އެހެންވީމަ އަޅުގަނޑުމެން އިންތިހާބުތަކުގައި  އަޅުގަނޑުމެނަށް އެއްކޮށް ތިބެވިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް މިކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން އަތުން ޕާޓީއެއް ބީވެގެން ނުވެސް ދާނެ. އަޅުގަނޑުމެން އަތުގައި ޕާޓީވެސް އޮންނާނެ. އަޅުގަނޑުމެންނަކީ އެމްޑީޕީ މެމްބަރުން. ދެން ހޮވެން މިއުޅެނީ ވެސް އެމްޑީޕީ މެމްބަރުން.” ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް

ޗެއަޕާސަންގެ އިންތިހާބާއި ގުޅިގެން ދޮންބިލަތް ވިދާޅުވީ އިމްތިޔާޒް ފަހުމީ އަށް ވޯޓްދޭ ބޭފުޅަކީ ކަނޑާލެވޭނެ ބޭފުޅެއް ނޫން ކަމަށާޢި ފައްޔާޒް އިސްމާއިލަށް ވޯޓްދޭ ބޭފުޅަކީ އެސްއެމްއީ ލޯނު ލިބޭނޭ ބޭފުޅަކަށް ފަހަރުގައި ވެގެން ނުގޮސްދާނެކަމަށެެވެ. އެސްއެމްއީ ލޯނާއި ވަޒީފާ ވެސް ލިބޭނީ ގަވާއިދުގެ ތެރެއިން ކަމަށްވެސް ދޮންބިލަތް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮތުމުގެ މުހިއްމު ކަމާއި ގުޅިގެން މެމްބަރުން ދެއްކެވި ވާހަކައިގައި އެމްޑީޕީން ވެރިކަމަށް އައީ ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށް ވަކާލާތު ކުރަމުން ކަމަށާއި އެކަން އެގޮތަށް ތަކުރާރު ވުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ހާމަކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: